ކ. މާލެ
|
16 މެއި 2020 | ހޮނިހިރު 18:44
ޓޮޓެންހަމްގެ ފޯވާޑް ސޮން ހުއެން-މިން: ސޮން ވަނީ އަސްކަރީ ތަމްރީނުތަކަށްފަހު އެނބުރި އިންގްލެންޑަށް ގޮސްފައި
ޓޮޓެންހަމްގެ ފޯވާޑް ސޮން ހުއެން-މިން: ސޮން ވަނީ އަސްކަރީ ތަމްރީނުތަކަށްފަހު އެނބުރި އިންގްލެންޑަށް ގޮސްފައި
ގެޓީ އިމޭޖަސް
ސޮން އިންގްލެންޑަށް ދިޔުން
އަސްކަރީ ތަމްރީނުތަކަށްފަހު ސޮން އެނބުރި އިންގްލެންޑަށް
ސޮން ވަނީ ތިން ހަފްތާ ވަންދެން ދެކުނު ކޮރެއާ ގައި އަސްކަރީ ތަމްރީނުތައް ހަދާފައި
ޖޫން މަހުގެ އަށްވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުން

ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީނުތަކަށްފަހު ޓޮޓެންހަމް ހޮޓްސްޕާގެ ފޯވާޑް ސޮން ހުއެން-މިން އެނބުރި އިންގްލެންޑަށް ހިނގައްޖެ އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފުޓްބޯޅަ ސީޒަން ހުއްޓިފައި އޮތުމުން، ސޮން ވަނީ ދެކުނު ކޮރެއާގެ ގާނޫނުގައިވާ ކަންތައް ފުރިހަމަ ކުރުމަށް އަސްކަރީ ޚިދުމަތުގައި ބައިވެރިވެފައެވެ. ސޮން ވަނީ އަސްކަރީ ތަމްރީނުތަކުގައި އެ ޔުނިޓުގެ އެންމެ ރަނގަޅު ފަސް ރެކްރޫޓުންގެ ތެރޭގައި ހިމެނިފައެވެ.

އަސްކަރީ ތަމްރީނުތަކަށްފަހު ހޮނިހިރު ދުވަހުގެ ވަގުތެއްގައި ސޮން ވަނީ އެނބުރި އިންގްލެންޑުގެ ވެރިރަށް ލަންޑަނަށް ގޮސްފައެވެ. ސޮން އެނބުރި އިންގްލެންޑަށް ދިޔައިރު، ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ނުވާނަމަ އޭނާ އައިސޮލޭޝަނަށް ދާކަށް ނުޖެހޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު މަހުގެ އަށްވަނަ ދުވަހު ޕްރިމިއާ ލީގު މެދުކަނޑާލިއިރު، ފެބްރުއަރީ މަހު ސޮންގެ އަތަށް ލިބުނު ސީރިއަސް އަނިޔާ އިން އޭނާ މިހާރު ވަނީ އެއްކޮށް ރަނގަޅުވެފައެވެ.

އިނގިރޭސިވިލާތުން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން ޖޫން މަހު ސަޕޯޓަރުން ނުވައްދައި، އެ ގައުމުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށޭނެ ކަމުގެ ހުއްދަ ދީފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭގޮތަށް ޖޫން މަހުގެ 8 ވަނަ ދުވަހު ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއާއެކު ބައެއް ކްލަބުތަކުން ވަނީ އެ ކްލަބުތަކުގެ ބޭރު ކުޅުންތެރިން އެނބުރި އިންގްލެންޑަށް އައުމަށް އަންގަމުންނެވެ.

ޕްރިމިއާ ލީގު އަލުން ފެށުމުގެ މަޝްވަރާތައް ކުރިއަށް ދާއިރު، ޖޫން މަހުގެ 8 ވަނަ ދުވަހު ލީގު އަލުން ފަށައި، ޖުލައި މަހުގެ 27 ވަނަ ދުވަހަށް ލީގު އެއްކޮށް ފުރިހަމަކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް