ބޮލީވުޑްގެ ސްޕަސްޓާ ވިނޯދް ކަންނާ ކުއްލި ގޮތަކަށް މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފިއެވެ. ނަމަވެސް ވިނޯދުގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަން އާއިލާއިން ވަނީ ދެކޮޅު ހަހަދައިފައެވެ.
ވިނޯދް ކަންނާ މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑެމިޓް ކޮށްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ވިނޯދް ކަންނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަން އޭނާގެ އާއިލާއިން ދެކޮޅު ހެދި ނަމަވެސް ވިނޯދް ކަންނާގެ ގާތް އެކުވެރިއަކު ބުނެފައި ވަނީ ވިނޯދް ކަންނާގެ ހާލު ސީރިޔަސް ނޫން ކަމަށާއި އޭނާގެ ބަލި ރަނގަޅު ވަމުން އަންނަ ކަމަށެވެ. އަދި ވިނޯދް ކަންނާގެ ސިއްޙީ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކުމުގެ ހުއްދަ އޭނާ އަށް ނެތް ކަަމަށާއި ނަމަވެސް ވަރަށް އަވަހަށް ވިނޯދް ކަންނާ ހޮސސްޕިޓަލުން ޑިސްޗާޖް ކުރާނެ ކަމަށް އޭނާގެ ގާތް އެކުވެރިޔަކާ ހަވާލާދީ އިންޑިއަން އެކްޕްރެސްގައި ބުނެފައިވެއެވެ.
ވިނޯދް ކަންނާ އެޑްމިޓް ކޮށްފައިވާ ހޮސްޕިޓަލުގެ އޮފިޝަލަކު ބުނި ގޮތުގައި ވިނޯޑް ކަންނާ އެޑްމިޓް ކޮށްފައި ވަނީ މާޗް މަަހުގެ 31 ވަނަ ދުވަހު ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ހަބަރަކީ ސައްހަ ހަބަރެއް ނޫން ކަމަށެވެ.
އެގޮތުން އޮފިޝަލް ބުނެފައި ވަނީ ވިނޯދް ކަންނާ އެޑްމިޓް ކޮށްފައި ވަނީ މި މަަހުގެ ދެ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އަދި މިހާރު ވިނޯދް ކަންނާގެ ސިއްޙީ ހާލަތު ވަަރށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީގެއިތުރުން ހޮސްޕިޓަލުގެ އޮފިޝަލް ވިދާޅުވީ ވިނޯދް ކަންނާގެ ސިއްޙީ ހާލަތާ ބެހޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް އާއިލާއިން އެދިފައިވާ ކަމަށެވެ.