ކ. މާލެ
|
13 މެއި 2020 | ބުދަ 14:44
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު އަދި އަޔަކްސްގެ ޗީފް އެގްޒެކްޓިވް އެޑްވިން ވެން ޑަ ސާ
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު އަދި އަޔަކްސްގެ ޗީފް އެގްޒެކްޓިވް އެޑްވިން ވެން ޑަ ސާ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ލިވަޕޫލަށް ޗެމްޕިއަންކަން ނުދިނުމަކީ ވަރަށް ބޮޑު ބޭއިންސާފެއް: ވެން ޑަ ސާ
ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލަށް ދެން ބޭނުންވަނީ އެންމެ 6 ޕޮއިންޓު
ޕްރިމިއާ ލީގު ޖޫން މަހު ފަށަން އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ހުއްދަ ދީފައި

ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ނުލިބޭ ގޮތަކަށް ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު އެޑްވިން ވެން ޑަ ސާ ބުނެފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މިދިޔަ މާޗު މަހުގެ އަށްވަނަ ދުވަހު ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލިއިރު، ޖޫން މަހުގެ އަށްވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޖޫން މަހު ލީގު އަލުން ފެށުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ދީފައެވެ.

އެކަމަކު މީގެ ކުރިން ބައެއް ކްލަބުތަކުންނާއި ބައެއް ތަޖުރިބާކާރުން ވަނީ ލީގު ކެންސަލް ކުރަން ގޮވާލާފައެވެ.

ލީގު މެދުކަނޑާލިއިރު ތާވަލުގެ އެންމެ ކުރީގައި ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާއެކު އެވެ. އެ ޓީމަށް 82 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ނުވަ މެޗު އޮތްއިރު، 30 އަހަރަށްފަހު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލަށް ދެން ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.

ސީއެންއެން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ވެން ޑަ ސާ ބުނީ ލިވަޕޫލުން މި ސީޒަނުގައި ކުޅުނު ކުޅުމާއި ހޯދާފައިވާ ނަތީޖާތަކަށް ބަލާއިރު ލިވަޕޫލަށް ޗެމްޕިއަންކަން ލިބެން ޖެހޭ ކަމަށެވެ. އެހެންކަމުން ލިވަޕޫލަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ނުލިބޭ ގޮތަކަށް ނިންމައިފިނަމަ، އެކަން ވާނީ ވަރަށް ބޮޑު ބޭއިންސާފަކަށް ކަމަށް ވަނީ ބުނެފައެވެ. އެކަމަކު މަޝްވަރާތަކުގެ އަލީގައި ލީގު ކެންސަލް ކުރަން ޖެހުނު ނަމަވެސް، އިންސާފުވެރި ނިންމުމެއް އެކަމުގައި ނިންމާނެ ކަމަށް ވެން ޑަ ސާ ވަނީ ބުނެފައެވެ.

ޕްރިމިއާ ލީގު އަލުން ފަށަން މަސައްކަތް ކުރަމުން އައި ނަމަވެސް، މީގެ ކުރިން ފްރެންޗު ލީގާއި ނެދަލެންޑްސް ލީގު ވަނީ ކެންސަލް ކޮށްފައެވެ. މީގެ ތެރެއިން ނެދަލެންޑްސް ލީގު ކެންސަލް ކުރީ ޗެމްޕިއަނެއް ކަނޑަނާޅައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް