ކ. މާލެ
|
3 މެއި 2020 | އާދީއްތަ 15:29
ސައިފް ސްޕޯޓިން ކްލަބުގެ ކުޅުންތެރިން
ސައިފް ސްޕޯޓިން ކްލަބުގެ ކުޅުންތެރިން
ފޭސްބުކް
ސައިފް ސަސްޕެންޑް ކުރުން
މުސާރައިގެ މައްސަލައިގައި ފީފާ އިން ސައިފް ސަސްޕެންޑް ކޮށްފި
ސައިފް އަށް ކުރިއަށް އޮތް ޓްރާންސްފާގައި އެއްވެސް ކުޅުންތެރިއަކު ނުގެނެވޭނެ
ބޭރު ތިން ކުޅުންތެރިއަކަށް ދޭންވާ މުސާރަ ސައިފް އިން ދީފައެއް ނުވޭ

ތިން ކުޅުންތެރިއެއްގެ މުސާރަ ނުދިނުމާ ގުޅިގެން ކުރިއަށް އޮތް ޓްރާންސްފަރ ބަޒާރުގައި އިތުރު އެއްވެސް ކުޅުންތެރިއަކު ނުގެނެވޭނެ ގޮތަށް ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބު ސަސްޕެންޑް ކުރަން ފީފާއިން ނިންމައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސައިފްގެ ޓްރަޔަލްއަކަށް ގެނައި ތިން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީގެން އެ ކުޅުންތެރިން ވަނީ ފީފާގައި މައްސަލަ ޖައްސާފައެވެ. އެއާއެކު ފީފާ އިން ވަނި އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ކުރިން އެ ކުޅުންތެރިންނަށް މުސާރަ ދިނުމަށް އަންގާފައެވެ.

އެ ތިން ކުޅުންތެރިންނަކީ ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިން ކުޅުނު ސްލޮވާކިއާގެ މިޑްފީލްޑަރު ވިލިއަމް މަކޯ އާއި މޮންޓެނީގްރޯގެ ސާވާ ގާޑަސެވިޗްގެ އިތުރުން ސާބިއާގެ ގޯރަން އޮބްރަޑޮވިޗެވެ.

ފީފާ އިން ދިން މުއްދަތުގައި މި ތިން ކުޅުންތެރިންގެ މުސާރަ ދައްކާފައިނުވުމުން، ފީފާ އިން ވަނީ ކުރިއަށް އޮތް ޓްރާންސްފަރ ބަޒާރުގައި އިތުރު އެއްވެސް ކުޅުންތެރިއަކު ނުގެނެވޭނެ ގޮތަށް ސައިފް ސަސްޕެންޑް ކޮށްފައެވެ.

ފީފާ އިން ސައިފް ސަސްޕެންޑް ކުރި ނަމަވެސް، އެ ކްލަބުގެ މެނޭޖިން ޑިރެކްޓަރު ނާސިރުއްދީން ޗޯދުރީ ވިދާޅުވީ އެ ތިން ކުޅުންތެރިންވެސް ފީފާގެ ގަވާއިދުތަކުގެ ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށެވެ.

ސައިފް އަށް މާކޯގެ އިތުރުން ދެ ބިދޭސީ ކުޅުންތެރިއަކު ގެންދިޔައީ 2015 އަހަރު ނިއުރޭޑިއަންޓަށް ދިވެހި ލީގު ކާމިޔާބުކޮށްދިން ސާބިއާގެ ނިކޯލަ ކަވަޒޮވިޗްގެ ކޯޗުކަމުގެ ދަށުގައެވެ. މާކޯ ވަނީ ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އިތުރުން ކްލަބު ގްރީން ސްޓްރީޓްސް އާއި ގދ. ތިނަދޫ ޓީމަށްވެސް ކުޅެފައެވެ.

ސައިފް އަކީ ރާއްޖޭގެ މުހައްމަދު ނިޒާމް (ނިޒާމްބެ) ކުޑަ ދުވަސްކޮޅަކަށް ކޯޗުކޮށްދިން ޓީމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް