ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 23:27
ރެއާލް މެޑްރިޑްގެ ތަޖުރިބާކާރު ޑިފެންޑަރު މާސެލޯ
ރެއާލް މެޑްރިޑްގެ ތަޖުރިބާކާރު ޑިފެންޑަރު މާސެލޯ
ގެޓީ އިމޭޖަސް
ރެއާލްގައި މާސެލޯ މަޑުކުރުން
ރެއާލް ދޫކޮށްލަން މާސެލޯ ބޭނުމެއް ނުވޭ
ރެއާލް އާއެކު މާސެލޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު
މާސެލޯ ހޯދަން ޔުވެންޓަސް އިން އަންނަނީ މަސައްކަތް ކުރަމުން

ރެއާލް މެޑްރިޑް ދޫކޮށްލަން ބޭނުންނުވާ ކަމަށް ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު މާސެލޯ ބުނެފި އެވެ.

މާސެލޯ މިހެން ބުނެފައިވަނީ ޔުވެންޓަސްއަށް އޭނާ ބަދަލުވާން އުޅޭ ކަމަށް ރިޕޯޓުތައް ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި އޭނާ ބޭނުންވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއެކު އެއް ކްލަބަކަށް ކުޅެން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ރެއާލް އާއެކު މާސެލޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ.

އުމުރުން 31 އަހަރުގެ މާސެލޯ ބުނީ ރެއާލް ދޫކޮށްލަން އޭނާ ބޭނުންނުވާ ކަމަށާއި، އަދި ރެއާލުންވެސް އޭނާ ދޫކޮށްލަން ބޭނުމެއް ނުވާނެ ކަމަށެ. އަދި ރެއާލްގައި ހުރީ އުފަލުން ކަމަށާއި، ޔުވެންޓަސް އިން އޭނާ ހޯދަން އުޅޭ ކަމެއް ބުނަން ނޭނގޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ރެއާލަށް 2007 ވަނަ އަހަރު ބަދަލުވި މާސެލޯ އަކީ ފާއިތުވި އަހަރުތަކުގައި އެ ޓީމުން ހޯދި ކާމިޔާބީތަކުގައި ބޮޑު ހިއްސާއެއް އޮތް ކުޅުންތެރިއެކެވެ. މާސެލޯ ވަނީ ރެއާލްގައި ހުރެ މިހާތަނަށް 21 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ކާމިޔާބީ އަކީ ހަތަރު ޔުއެފާ ޗެމްޕިއަންސް ލީގެވެ. އަދި ރެއާލް އަށް މިހާތަނަށް 505 މެޗު ކުޅެދީފައިވާ މާސެލޯ ވަނީ އެޓީމާއެކު ސްޕެނިޝް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް