ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 15:32
އެފްސީ ކޮލޯނުން ދާދި ފަހުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
އެފްސީ ކޮލޯނުން ދާދި ފަހުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮލޯންގެ ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުން
ކޮލޯންގެ ތިން ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
ތިން ކުޅުންތެރިން މިހާރު ވަނީ 14 ދުވަހަށް ކަރަންޓީނު ކޮށްފައި
ޖިސްމާނީ ގައިދުރުކަމުގެ ގަވާއިދުގެ ދަށުން އެ ކްލަބުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނެ

ޖަރުމަން ލީގުގައި ވާދަކުރަމުން އަންނަ އެފްސީ ކޮލޯންގެ ތިން ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮލޯނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބުގެ ތިން ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، އެ ތިން ކުޅުންތެރިންގެ ފަރާތުންވެސް ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށެވެ. އެކަމަކު ވައިރަހަށް ޕޮޒިޓިވްވުމުން، އެ ތިން ކުޅުން 14 ދުވަހަށް ކަރަންޓީނު ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮލޯނުން އެ ތިން ކުޅުންތެރިންގެ ނަން ހާމަކޮށްފައި ނުވާއިރު، އެ ކްލަބުގެ ހުރިހާ ކުޅުންތެރިންނާއި ކޯޗުންގެ އިތުރަށް މުވައްޒަފުންވެސް މިހާރު ވަނީ ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ.

ޖަރުމަން ލީގު އަލުން ފަށަށް ތައްޔާރުވަމުން އަންނައިރު، ކޮލޯނުން ބުނީ ތިން ކުޅުންތެރިއަކު ކޮވިޑް-19 އަސް ޕޮޒިޓިވްވި ނަމަވެސް، ޖިސްމާނީ ގައިދުރުކަމުގެ ގަވާއިދުގެ ދަށުން އެ ކްލަބުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮވިޑް-19 ޖަރުމަންގައި ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާއިރު، ޖަރުމަން ސަރުކާރުން މިހާރު އަންނަނީ ކޮވިޑް-19 އާ ގުޅިގެން އެ ގައުމުގައި މީހުން އެއްވެ އުޅުމުގައި ކަނޑައެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދެމުންނެވެ.

ޖަރުމަނުގައި ފުޓްބޯޅަ މެޗުތައް މެދުކަނޑާލީ މަރޗު މަހު 13 ވަނަ ދުވަހު އެވެ. މި މަހުގެ ނުވަވަނަ ދުވަހު ޖަރުމަން ލީގު އަލުން ފަށަން ޖަރުމަންގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ކުރަމުން އައި ނަމަވެސް، ޖަރުމަންގެ ޗާންސެލަރ އެންގެލާ މަރކެލް ވަނީ ކުޅިވަރުތައް އަލުން ފަށާނެ ތާރީޚެއް ކަނޑައެޅުން މި މަހުގެ ހަވަނަ ދުވަހަށް ފަސްކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖަރުމަން ލީގު އަލުން ފަށާނީ ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅޭ ގޮތަށެވެ. ސަބަބަކީ ގިނަ އަދަދެއްގެ މީހުން އެއްވެ އުޅޭ ގޮތަށް ކުރިއަށްގެންދާ ބޮޑެތި ހަރަކާތްތައް އޮގަސްޓް 31 އަށް ޖަރުމަން ސަރުކާރުން މަނާކޮށްފައި އޮތުމުންނެވެ.

ޖަރުމަން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޖޫން މަހުގެ 30 ގެ ކުރިން ފުޓްބޯޅަ ސީޒަން ފުރިހަމަކުރަން އަމާޒުހިފާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް