ކ. މާލެ
|
1 މެއި 2020 | ހުކުރު 08:58
ދާދި ފަހުން ބަޔާން މިއުނިކުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
ދާދި ފަހުން ބަޔާން މިއުނިކުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު އަލުން ފެށުން
ޖަރުމަން ލީގު ފަށާނެ ތާރީޚެއް ކަނޑައެޅުން ހަފްތާއަކަށް ފަސްކޮށްފި
ޖަރުމަން ލީގު މެދުކަނޑާލީ މާޗު މަހު 13 ވަނަ ދުވަހު
މި މަހުގެ ނުވަވަނަ ދުވަހު ޖަރުމަން ލީގު އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުން
ޖަރުމަންގައި ކުޅިވަރުތައް އަލުން ފަށާނެ ތާރީޚެއް ކަނޑައެޅާނީ މި މަހުގެ ހަވަނަ ދުވަހު

މެދުކަނޑާލާފައިވާ ޖަރުމަން ލީގު އަލުން ފަށާނެ ތާރީޚެއް ކަނޑައެޅުން ހަފްތާއަކަށް ފަސްކޮށްފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ޖަރުމަންގައި ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާއިރު، ޖަރުމަން ސަރުކާރުން މިހާރު އަންނަނީ ކޮވިޑް-19 އާ ގުޅިގެން އެ ގައުމުގައި މީހުން އެއްވެ އުޅުމުގައި ކަނޑައެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދެމުންނެވެ.

ޖަރުމަނުގައި ފުޓްބޯޅަ މެޗުތައް މެދުކަނޑާލީ މާޗު މަހު 13 ވަނަ ދުވަހު އެވެ. އެކަމަކު ޖަރުމަން ކްލަބުތަކުން މިހާރު އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

މި މަހުގެ ނުވަވަނަ ދުވަހު ޖަރުމަން ލީގު އަލުން ފަށަން ޖަރުމަންގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ކުރަމުން އައި ނަމަވެސް، ޖަރުމަންގެ ޗާންސެލާ އެންޖެލާ މާކެލް ވަނީ ކުޅިވަރުތައް އަލުން ފަށާނެ ތާރީޚެއް ކަނޑައެޅުން މި މަހުގެ ހަވަނަ ދުވަހަށް ފަސްކޮށްފައެވެ. އެކަމަނާ ވިދާޅުވީ މި ދަނޑިވަޅުގައި އެންމެ މުހިންމީ ސިއްހީ މާހިރުންގެ ލަފަޔާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިޔުން ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖަރުމަން ލީގު އަލުން ފަށާނީ ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށެވެ. ސަބަބަކީ ގިނަ އަދަދެއްގެ މީހުން އެއްވެ އުޅޭ ގޮތަށް ކުރިއަށްގެންދާ ބޮޑެތި ހަރަކާތްތައް އޮގަސްޓް 31 އަށް ޖަރުމަން ސަރުކާރުން މަނާކޮށްފައި އޮތުމުންނެވެ.

ޖަރުމަން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޖޫން މަހުގެ 30 ގެ ކުރިން ފުޓްބޯޅަ ސީޒަން ފުރިހަމަކުރަން އަމާޒުހިފާފައެވެ.

- ކޮމެންޓް