ކ. މާލެ
|
30 އޭޕްރިލް 2020 | ބުރާސްފަތި 21:50
ސްވިޒަލެންޑް ފުޓްބޯޅަ ލީގުގެ މެޗެއްގެ ތެރެއިން
ސްވިޒަލެންޑް ފުޓްބޯޅަ ލީގުގެ މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
ސްވިޒަލެންޑް ފުޓްބޯޅަ ލީގު
ސްވިޒަލެންޑް ފުޓްބޯޅަ ލީގު ޖޫން މަހު ފަށަން ހުއްދަ ދީފި
ޖޫން 8 ގައި ލީގު ފެށުމުގެ ހުއްދަ ސްވިޒަލެންޑް ސަރުކާރުން ވަނީ ދީފައި

ޖޫން މަހުން ފެށިގެން ސްވިޒަލެންޑުގައި ފުޓްބޯޅަ ހަރަކާތްތައް ފެށުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފި އެވެ.

މިއީ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ ޔޫރަޕްގެ ލީގެއް އަލުން ފަށަން ހުއްދަދިން ފުރަތަމަ ފަހަރެވެ. ސްވިޒަލެންޑުގެ ސަރުކާރުން ވަނީ ސަޕޯޓަރުން ނުވއްދައި ފުޓްބޯޅަ މެޗުތައް އަލުން ފެށުމުގެ ހުއްދަ ދީފައެވެ.

ތިން މަހަށްފަހު ސްވިޒަލެންޑް ފުޓްބޯޅަ ލީގު (ސްވިސް ސުޕަ ލީގު) އަލުން ފަށަން މިހާރު ތާވަލުކޮށްފައިވަނީ ޖޫން 8 ވަނަ ދުވަހު އެވެ.

ސަޕޯޓަރުން ނުވައްދައި ސްވިޒަލެންޑް ފުޓްބޯޅަ ލީގު ފެށުމުގެ ހުއްދަ ދިން ނަމަވެސް، ހޫނު މޫސުން ނިމެންދެން ސްވިޒަލެންޑުގައި 1000 އަށްވުރެ ގިނަ މީހުން އެއްވެގެން އެއްވެސް ހަރަކާތެއް ނުބޭއްވޭނެ އެވެ.

ކޮވިޑް-19 ގެ އަސަރު ސްވިޒަލެންޑަވެސް ކުރިއިރު، އެ ގައުމުން މިހާތަނަށް 21،000 ށްވުރެ ގިނަ މީހުން ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި އެގައުމުން ކޮވިޑް-19 ޖެހިގެން 2،500 ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ސްވިޒަލެންޑް ފުޓްބޯޅަ ލީގު ފެށުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދިންއިރު، ޔޫރަޕްގެ ދެ ގައުމު ކަމަށްވާ ނެދަލެންޑްސް އާއި ފްރާންސުން ވަނީ ލީގުތައް ކެންސަލް ކޮށްފައެވެ. އަދި ބެލްޖިއަމް އާއި ސްކޮޓްލެންޑުން އަންނަނީ ލީގު ކެންސަލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް، ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން އިނގިރޭސި ޕްރިމިއަރ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގުގެ އިތުރުން ޖަރުމަން ލީގު އަލުން ފެށުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޔުއެފާ އިން ވަނީ މި ފަހަރުގެ ސީޒަނާ މެދު ގައުމުތަކުން އަމަލުކުރާ ގޮތެއް ފައިނަލްކޮށް މެއި މަހުގެ 25 ގެ ކުރިން އެ ފެޑެރޭޝަނަށް އަންގަން ބުނެފައެވެ.

- ކޮމެންޓް