ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 21:45
ޕާކިސްތާނުގެ ބެޓްސްމަން އުމަރު އަކުމަލް
ޕާކިސްތާނުގެ ބެޓްސްމަން އުމަރު އަކުމަލް
އޭއެފްޕީ
އުމަރު އަކުމަލް ސަސްޕެންޑް ކޮށްފި
ކްރިކެޓްގެ ހުރިހާ ހަރަކާތަކުން ޕާކިސްތާނުގެ އުމަރު ތިން އަހަރަށް ސަސްޕެންޑް ކޮށްފި
އޭނާ ސަސްޕެންޑް ކުރީ މެޗު ފިކްސިންގެ މައްސަލައެއް ރިޕޯޓު ނުކުރުމުން

ކްރިކެޓްގެ ހުރިހާ ހަރަކާތަކުން ޕާކިސްތާނުގެ ބެޓްސްމަން އުމަރު އަކުމަލް ތިން އަހަރަށް ސަސްޕެންޑް ކުރަން ޕާކިސްތާން ކްރިކެޓް ބޯޑުން ނިންމައިފި އެވެ.

މެޗު ފިކްސިންގެ މައްސަލައެއް ރިޕޯޓު ނުކުރުމުން އުމަރު އެންމެ ފުރަތަމަ ސަސްޕެންޑްކުރީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ. އެކަމަކު އެ ސަސްޕެންޝަނަށް މުއްދަތު ކަނޑައަޅާފައިވަނީ ހޯމަ ދުވަހު އެވެ.

ޕާކިސްތާން ކްރިކެޓް ބޯޑުގެ އެންޓި-ކޮރަޕްޝަން އަދި ސެކިއުރިޓީ ޑައިރެކްޓަރު އާސިފް މަހުމޫދް ވިދާޅުވީ އުމަރު ކަހަލަ ކުޅުންތެރިއަކު ސަސްޕެންޑް ކުރުމަކީ އެންމެ ބޭނުންވާ ގޮތް ނޫން ކަމަށާއި، އެކަމަކު މިފަދަ ހާލަތެއްގައި ކޮންމެ ކުޅުންތެރިއަކު ނަމަވެސް ސަސްޕެންޑް ކުރާނެ ކަމަށެވެ.

2009 ވަނަ އަހަރު ޕާކިސްތާން ގައުމީ ޓީމަށް ކުޅެން ފެށި އުމަރު މީގެ ކުރިންވެސް ވަނީ އެކިވަރުގެ ސަސްޕެންޝަންތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި 2014 ވަނަ އަހަރު ޓްރެފިކް ފުލުހަކާ މާރާމާރީ ހިންގުމުގެ ސަބަބުން އޭނާ ވަނީ ހައްޔަރުވެސް ކޮށްފައެވެ.

އުމުރުން 30 އަހަރުގެ އުމަރު ވަނީ ޕާކިސްތާން ގައުމީ ޓީމަށް މިހާތަނަށް 16 ޓެސްޓު މެޗު ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް