ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 13:28
ނ.ކެނދިކުޅުދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި
ނ.ކެނދިކުޅުދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި
ޓްވިޓަރ
ހުއްދަ ނުހޯދާ ރަށްރަށަށް އަރާ މައްސަލަ
މާޅެންދޫ އިން ފުރައިގެން ކެނދިކުޅުދޫއަށް ދިޔަ ދެ މީހުން ހައްޔަރުކޮށްފި
ހައްޔަރުކުރީ ދެ ފިރިހެނުން
އެއީ 37 އަހަރުގެ މީހަކާ 29 އަހަރުގެ މީހެއް
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ނ. މާޅެންދޫ އިން ފުރައިގެން ނ.ކެނދިކުޅުދޫ އަށް ހޯމަ ދުވަހުގެ ރޭ ދަންވަރު ދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 00:53 ހާއިރު މާޅެންދޫ އިން ދެމީހަކު އެރަށުގެ ޓާސްކް ފޯސްއަށް ނޭނގި އަދި ދޯނީގެ ވެރިފަރާތުގެ ހުއްދައަކާ ނުލާ ކުޑަ ދޯންޏެއްގައި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކެނދިކުޅުދޫއަށް ދިޔަ ކަމަށެވެ. އަދި އެނބުރި މާޅެންދޫއަށް ދިއުމުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ މީހަކާ 29 އަހަރުގެ މީހެއް ކަމަށެވެ. އެއީ ދެ ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިމައްސަލާގައި ހައްޔަރު ކުރި ދެމީހުން ހައްޔަރުކޮށްފައިވަނީ ކުށުވެށިންނެވެ.

ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ހުއްދަ ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ މަނާކަމެކެވެ. މި އެންގުމާ ހިލާފުވާ މީހުން ހައްޔަރު ކުރަމުންދާއިރު، ހުއްދަ ނުހޯދާ ކުޅުދުއްފުށި ސިޓީއަށް އެރި ދެޒުވާނަކު އާދިއްތަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.

- ކޮމެންޓް