ކ. މާލެ
|
27 އޭޕްރިލް 2020 | ހޯމަ 19:04
ނެދަލެންޑްސްގެ ކުރީގެ ކުޅުންތެރިޔާ އާރްޔެން ރޮބެން
ނެދަލެންޑްސްގެ ކުރީގެ ކުޅުންތެރިޔާ އާރްޔެން ރޮބެން
ގެޓީ އިމޭޖަސް
ރޮބެން ކުޅުމުގެ ތެރެއަށް އަންނަނީ
އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ވިސްނަން: ރޮބެން
19 އަހަރަށް ފަހު ރޮބެން ފުޓްބޯޅަ ކުޅުން ހުއްޓާލީ މިދިޔަ އަހަރު

ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާ ނެދަލެންޑްސްގެ ކުރީގެ ކުޅުންތެރިޔާ އާރްޔެން ރޮބެން އަލުން ފުޓްބޯޅަ ކުޅުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފިއެވެ.

ރޮބެން ވަނީ 2018-2019 ވަނަ އަހަރުގެ ސީޒަނަށް ފަހު، އޭނާގެ އެންމެ ފަހުގެ ކްލަބު ބަޔާން މިއުނިކާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ކުޅުން ހުއްޓާލާފައެވެ.

އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރޮބެން ބުނީ ކުޅުން ހުއްޓަލިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަލުން ކުޅުމުގެ ތެރެއަށް އަންނަން ވިސްނި ކަމަށާއި މިހާރުވެސް އެ ޚިޔާލު ގެންގުޅޭ ކަމަށެވެ. އަދި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އިން ހާލަތު ރަނގަޅުވެ ފުޓްބޯޅަ އަލުން ފަށާއިރު، ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށްވެސް އޭނާ ބުންޏެވެ.

ރޮބެން، ފުޓްބޯޅަ ކެރިއަރު ފެށީ 2000 ވަނަ އަހަރު ނެދަލެންޑްސްގެ ގްރޮނިންގެން އިންނެވެ. ނެދަލެންޑްސްގެ ހުރިހާ އުމުރުފުރައެއްގެ ގައުމީ ޓީމަށް ކުޅެ ސީނިއާ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ރޮބެން ވަނީ ޗެލްސީގައި ތިން އަހަރު ހޭދަކޮށްފައެވެ. އޭގެ ފަހުން ރެއާލް މެޑްރިޑަށްވެސް ކުޅުނު ރޮބެން އެންމެ ބޮޑަށް ވިދާލީ ބަޔާން މިއުނިކުންނެވެ. އެގޮތުން 2013 ވަނަ އަހަރު ބަޔާނުން ސީޒަނުގެ ތިން ތަށި ކާމިޔާބުކުރިއިރު، ރޮބެން ވަނީ ބަޔާންގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ރޮބެން ވަނީ އޭނާގެ ކްލަބު ކެރިއަރުގައި 28 ތަށި އުފުލާލާފައެވެ. ނެދަލެންޑްސް ގައުމީ ޓީމަށް 2003 އިން 2017 އަށް ކުޅެދިން ރޮބެން ވަނީ އެ ޓީމަށް 96 މެޗުން 37 ލަނޑު ޖަހާދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް