ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 17:16
މަރުގެ އިންޒާރު ފަދަ މައްސަލަތައް ވަރަށް ސީރިއެސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ
މަރުގެ އިންޒާރު ފަދަ މައްސަލަތައް ވަރަށް ސީރިއެސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ
ޕޮލިސް
މަރުގެ އިންޒާރު ދިނުން
މަރުގެ އިންޒާރުދިން މައްސަލައެއްގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ކޯޓުން ދޫކޮށްލައިފި
ހައްޔަރު ކުރީ 30 އަހަރުގެ ދެދިވެހި ފިރިހެނުން
އެކަކުގެ ބަންދަށް 7 ދުވަސް ދީފައިވޭ
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ފުލުހުންނަށް މަރުގެ އިންޒާރުދިން މައްސަލައެއްގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް މަރުގެ އިންޒާރުދީ، ބިރު ދައްކައި އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މައްސަލައެއްގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 2:33 ހާއިރު ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 30 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން އެތަނުން އެކަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ބަންދަށް 07 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް