ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 14:44
އާސެނަލްގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު މިކޭލް އާޓެޓާ އާއި ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް
އާސެނަލްގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު މިކޭލް އާޓެޓާ އާއި ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް
ގެޓީ އިމޭޖަސް
އާސެނަލް ކުޅުންތެރިން ތަމްރީންތައް ހެދުން
އާސެނަލް ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހަދަން ފުރުސަތު ދެނީ
ތަމްރީންކުރާއިރު ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާވާން ޖެހޭނެ
މީގެ ކުރިން އާސެނަލްގެ ކުޅުންތެރިންނަށް ވަނީ ނަސޭހަތްތެރިވެފައި

އާސެނަލްގެ ކުޅުންތެރިންނަށް އެކުލަބުގެ ޓްރެއިނިން ސެންޓަރުގައި އެކަނި ތަމްރީނުތައް ހަދަން ފުރުސަތު ދޭން ނިންމައިފިއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސި ޕްރިމިއަރ ލީގު މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާއިރު، ކުލަބްތަކުން ވަނީ ތަމްރީނުތައް ވެސް ހުއްޓާލާފައެވެ. އަލުން ލީގު ފަށާނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް، އާސެނަލުން ވަނީ ހޯމަ ދުވަހުން ފެށިގެން އެ ކުލަބުގެ ކޮލްނީ ޓްރެއިނިން ސެންޓަރުގައި ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އާސެނަލުން ބުނީ ޓްރެއިނިން ސެންޓަރަށް ކުޅުންތެރިންނަށް ވަނުމުގެ ހުއްދަ ދޭނީ ވަކި ޢަދަދަކަށް ކަމަށާއި އެކަން ވަރަށް ރަނގަޅަށް ބަލައި، ޖިސްމާނީ ގައިދުރުކަމުގެ ޤަވާއިދަށް ހުރިހާ ވަގުތެއްގައި ވެސް ޢަމަލުކުރާނެ ކަމަށެވެ.

އެ ސެންޓަރުގައި 10 ޕިޗް އޮވެއެވެ. އެހެންކަމުން ކުޅުންތެރިން އެކި ވަގުތަށް ބަހާލައިގެން، ދުރުދުރުގައި ތިބެގެން އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ލިބޭނެއެވެ.

އާސެނަލްގެ ކުޅުންތެރިންނަށް އެ ކުލަބުގެ ޓްރެއިނިން ސެންޓަރުގައި އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ދިންއިރު، މީގެ ކުރިން އެ ކުލަބުގެ ހަތަރު ކުޅުންތެރިއެއްގެ ފަރާތުން ވަނީ އިޖުތިމާޢީ ގައިދުރުކަމުގެ ޤަވާއިދާ ޚިލާފު ޢަމަލުތައް ފެނިފައެވެ. އެއީ ފޯވަރޑް އަލެކްސަންޑަރ ލަކަޒޭޓް، ޑިފެންޑަރު ޑޭވިޑް ލުއިޒް، ފޯވަރޑް ނިކޮލަސް ޕެޕޭ އަދި މިޑްފީލްޑަރު ގްރޭނިޓް ޒަކާ އެވެ. އެއާއެކު އާސެނަލުން ވަނީ އެޓީމުގެ ހުރިހާ ކުޅުންތެރިންނަށް ޤަވާއިދުތަކަށް ބޯލެނބުމަށް ނަސޭހަތް ދީފައެވެ.

މީގެ ކުރިން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، މިހާރު އޭނާ ވަނީ އެ ވައިރަހުން ސަލާމަތްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް