ކޮވިޑް-19ގެ މިޙާލަތާ ގުޅިގެން ވީބީ މާޓުގެ ފިހާރަތަކައް އެއްފަހަރާ ވިޔަފާރި ކުރުމަށް އެންމެ ގިނަ ވަގެން ވަދެވޭނީ ތިން މީހުންނަށް ކަމަށް އެފިހާާރައިން ބުނެފިއެވެ.
ވީބީ މާޓުން ބުނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 12:00ށް، މެންދުރުފަހު 13:00ން 17:00ށް އަދި ރޭގަނޑު 21:00ން 00:00ށް ވިޔަފާރި ކުރެވޭނެކަަމަށެވެ.
ވީބީ މާޓުން ބުނީ ވިޔަފާރި ކުރުމަށް އަންނައިރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ހޯދަން ޖެހޭ ކަމަށާއި، އަންގިއާ މާސްކް އަޅައިގެން އައުމަށް އެދޭކަމަށެވެ. އަދި މާޓަށް ވަންނަ ކޮންމެ ކަސްޓަމަރަކުވެސް ތަރމަލް ޓެސްޓު ކުރެވޭނެ ކަމަށް ވީބީ މާޓުުން ބުނެއެވެ.
މީގެ އިތުރުން ވީބީ މާޓުން ބުނީ ފިހާރަށް އެއްފަހަރާ ވަދެވޭނީ ގިނަ ވެގެން ތިން މީހުންނަށް ކަމަށެވެ. އަދި އަބަދު ވެސް 3 ފޫޓުގެ ގައިދުރުމިން ކަސްޓަމަރުން ބަހައްޓަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. ވިޔަފާރި ކުރުމަށް އަންނަ މީހުން އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް ވީބީ މާޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ވީބީ ބްރަދަރސްއިން ހިންގަމުން އަންނަ ވީބީ މާޓް ކޮންމެ ދުވަހަކު ވެސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްތައް ކުރާނެއެވެ.