ކ. މާލެ
|
25 އޭޕްރިލް 2020 | ހޮނިހިރު 21:45
ޗެލްސީގެ ފޯވާޑް އޮލިވިއޭ ޖިރޫޑް
ޗެލްސީގެ ފޯވާޑް އޮލިވިއޭ ޖިރޫޑް
ގެޓީ އިމޭޖަސް
ޖިރޫޑްގެ އެއްބަސްވުން އާކުރުން
ޗެލްސީގެ އެއްބަސްވުން ޖިރޫޑް އާކުރަނީ
މި ސީޒަން ނިމުމުން ޖިރޫޑްގެ އެއްބަސްވުން ހަމަވާނެ
ޗެލްސީގެ އެއްބަސްވުން ޖިރޫޑް އާކުރާނީ އިތުރު އެއް އަހަރަށް
ޖިރޫޑް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އިންޓަ މިލާނުން

ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޗެލްސީއާއެކު ޖިރޫޑް މިހާރު ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ އެވެ. އެހެންކަމުން އިތުރު އެއް އަހަރަށް ޗެލްސީގައި މަޑުކުރަން ޖިރޫޑް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ވަރަށް އަވަހަށް އައު އެއްބަސްވުމުގައި އޭނާ ސޮއިކުރާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޗެލްސީގެ އެއްބަސްވުން އާކުރަން ޖިރޫޑް ނިންމިއިރު، ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޖިރޫޑް ވަނީ އިންޓަ މިލާނަށް ބަދަލުވުމާ ގާތަށް ގޮސްފައެވެ. އެކަން ކާމިޔާބުވާގޮތް ނުވި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައިވެސް ޖިރޫޑް ހޯދުމަށް އިންޓައިން މަސައްކަތް ކުރާނެ އެވެ.

ޖިރޫޑް ހޯދުމަށް އިންޓަގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާސް އާއި ލާޒިއޯ އިންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އާސެނަލްއިން ވިދާލި ޖިރޫޑް ވަނީ އެ ކްލަބާއެކު އޭނާ ހޭދަކުރި ހަ ސީޒަނުގައި ކުޅުނު 253 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. ޗެލްސީއަށް ބަދަލުވެ، އެ ކްލަބާއެކު އެފްއޭ ކަޕާއި ޔޫރަޕާ ލީގު ކާމިޔާބުކޮށްފައިވާ ޖިރޫޑް ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 76 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފައެވެ.

އަދި ފްރާންސާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޖިރޫޑް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 97 މެޗުގައި 39 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް