ކ. މާލެ
|
24 އޭޕްރިލް 2020 | ހުކުރު 23:15
ކާޑިފް ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް
ކާޑިފް ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް
ގެޓީ އިމޭޖަސް
ކުޅުންތެރިންގެ މުސާރަ ކުޑަކުރުން
ތިން މަހުގެ މުސާރަ ކުޑަކުރަން ކާޑިފް ސިޓީގެ ކުޅުންތެރިން އެއްބަސްވެއްޖެ
މީގެ ކުރިން އެ ކްލަބުގެ ކޯޗާއި ޗީފް އެގްޒެކެޓިވް ވަނީ މުސާރަ ކުޑަކޮށްފައި

އީއެފްއެލް ޗެމްޕިއަންޝިޕް (އިނގިރޭސި ދެވަނަ ޑިވިޝަން) ގައި ވާދަކުރަމުން އަންނަ ކާޑިފް ސިޓީގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމައިފި އެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ކްލަބަށް ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ކާޑިފްގެ ކުޅުންތެރިން ވަނީ ތިން މަހުގެ މުސާރަ ކުޑަކުރަން އެއްބަސްވެފައެވެ.

ކާޑިފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުސާރަ ކުޑަކުރީ ކުޅުންތެރިން އަމިއްލައަށް އެކަމަށް އެދުމުން ކަމަށާއި، ބޭނުމަކީ އެ ކްލަބުގެ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދިނުން ކަމަށެވެ.

ކާޑިފްގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރިއިރު، މީގެ ކުރިން އެ ކްލަބުގެ ކޯޗު ނީލް ހެރިސް އާއި ޗީފް އެގްޒެކެޓިވް ކެން ޗޫ ވަނީ މުސާރަ ކުޑަކުރަން ނިންމާފައެވެ.

މީގެ ކުރިން އީއެފްއެލް ޗެމްޕިއަންޝިޕް ގައި ވާދަކުރަމުން އަންނަ ލީޑްސް ޔުނައިޓެޑާއި، ބްރިސްޓޯލް ސިޓީ އަދި ބާމިންހަމް ސިޓީން ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައެވެ. އަދި އިނގިރޭސި އެއްވަނަ ޑިވިޝަން ކަމަށްވާ ޕްރިމިއާ ލީގުން މިހާތަނަށް ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައިވަނީ އާސެނަލް، ޝެފީލްޑް ޔުނައިޓެޑް، ސައުތެމްޓަން އަދި ވެސްޓް ހޭމް ޔުނައިޓެޑުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ކްލަބުތަކަށް މާލީގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އިނގިރޭސިވިލާތުގައި ވަނީ ހުރިހާ ފުޓްބޯޅަ މުބާރާތްތަކެއް މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް