ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 00:44
ނ. އަތޮޅު ކިޑްސް ފިއެސްޓާއަށް ތައްޔާރުވަނީ
ނ. އަތޮޅު ކިޑްސް ފިއެސްޓާއަށް ތައްޔާރުވަނީ
ރާއްޖެއެމްވީ
ކިޑްސް ފުޓްބޯލް
ކިޑްސް ފިއެސްޓާގެ ނ. އަތޮޅު ބުރުގައި 10 ސްކޫލް ބައިވެރިވެއްޖެ
ޖުމްލަ 19 ސްކޫލުން 342 ދަރިވަރުން ބައިވެރިވޭ
ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 7 އިން 8 އަށް

ސޮކާ ވެޓަރެންސާއި މައިލޯ ގުޅިގެން ކުރިއަށްގެންދާ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ނ. އަތޮޅު ބުރު 10 ސްކޫލާއެކު، މި މަހުގެ ހަތްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލްގެ ފުރަތަމަ ބުރު ފެބްރުއަރީ މަހު މާލޭގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސޮކާ ވެޓަރެންސުން ބުނީ ނ. އަތޮޅަށް ހުޅުވާލި ފުރުސަތުގައި އެ އަތޮޅުގެ ހުރިހާ ރަށްތަކަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ ކަމަށާއި އެގޮތުން ގިނަ ރައްތަކަކުން މި ފެސްޓިވަލްގައި ބައިވެރިވި ކަމަށެވެ.

ނ. އަތޮޅަށް ފެސްޓިވަލް ހުޅުވާލި މިއީ ފުރަތަމަ އަހަރަށްވީ އިރު، އެ އަތޮޅުގެ 19 ސްކޫލަކުން 342 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ޕްރީ ސްކޫލް ބައިން 10 ސްކޫލް ވާދަކުރާއިރު، ގްރޭޑް އެކެއް އަދި ދޭއްގެ ބައިން 9 ސްކޫލް ބައިވެރިވެ އެވެ.

ޕްރީ ސްކޫލް ބައިން މިފެސްޓިވަލްގައި ވާދަކުރަނީ މާފަރު ޕްރީ ސްކޫލް، މަގޫދޫ ޕްރީ ސްކޫލް، ލަންދޫ ޕްރީ ސްކޫލް، ކެނދިކުޅުދޫ ޕްރީ ސްކޫލް، މޭނާ ޕްރީ ސްކޫލް، ޅޮހީ ޕްރީ ސްކޫލް، ހިދާޔާ ޕްރީ ސްކޫލް، ނޫނު އަތޮޅު ޕްރީ ސްކޫލް، ކުޑަފަރީ ޕްރީ ސްކޫލް އަދި ފޮއްދޫ ޕްރީ ސްކޫލެވެ.

މީގެ އިތުރުން ގްރޭޑް އަކާއި ދޭކުން ބައިވެރިވެފައިވާ ސްކޫލް ތަކަކީ މާފަރު ސްކޫލާއި ލަންދޫ ސްކޫލާއި ކެނދިކުޅުދޫ ސްކޫލާއި މޭނާ ސްކޫލާއި ޅޮހީ ސްކޫލާއި ހިދާޔާ ސްކޫލްގެ އިތުރުން ނޫނު އަތޮޅު ސްކޫލާއި ކުޑަފަރީ ސްކޫލް އަދި ފޮއްދޫ ސްކޫލެވެ.

ސޮކާ ވެޓަރެންސުން ބުނީ ނ. އަތޮޅަށް ހުޅުވާލި މިފުރުސަތުގައި އެ އަތޮޅު ކައުންސިލުން ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަ ކަމަށެވެ.

މި ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 7 އިން 8 އަށް މަނަދޫ ފުޓްބޯޅަ ދަނޑުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް