ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 23:58
ފެޑެރާ (ކ) އާއި ނަޑާލް (ވ)
ފެޑެރާ (ކ) އާއި ނަޑާލް (ވ)
ގޫގުލް
މިއާމީ އޯޕަން
މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް
ފެޑެރާ ފައިނަލަށް ދަތުރުކުރީ ނިކްއާ ވާދަކޮށް ދެ ސެޓް އެއް ސެޓުން
ނަޑާލް ފައިނަލުން ޖާގަ ހޯދީ ފަބިއޯ ފޯގިނީ ސީދާ ދެ ސެޓުން ބަލިކޮށްގެން

މިއާމީ އޯޕަންގައި ނިކް ކިރްގިއޮސް ބަލިކުރުމަށްފަހު ފައިނަލުގެ ފަހު ޖާގަ ރޮޖާ ފެޑެރާ ކަށަވަރުކޮށްފި އެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗު ނިކްއާ ވާދަކޮށް އުމުރުން 35 އަހަރުގެ ފެޑެރާ މެޗު ކާމިޔާބުކުރީ ދެ ސެޓް އެއް ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓް 6-7 ގެ ނަތީޖާއަކުން ފެޑެރާ ގެންގޮސްފައިވާއިރު، ދެވަނަ ސެޓް 6-7 ގެ ނަތީޖާއަކުން ނިކް ވަނީ ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް ތިންވަނަ ސެޓްވެސް 6-7 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފެޑެރާ ވަނީ މެޗު ނަގާފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ފެޑެރާ ބުނީ ޓެނިސް މެޗެއްގައި އާންމުކޮށް ތިން ސެޓް ނުކުޅޭ ކަމަށާއި، އެހެންނަމަވެސް އެ ތިން ސެޓް ކުޅެ މޮޅުވުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ.  

މުބާރާތުގެ ފައިނަލުގައި ފެޑެރާ ބައްދަލުކުރާނީ ސެމީފައިނަލުގައި ފަބިއޯ ފޯގިނީގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދި ރަފައެލް ނަޑާލްއާ އެވެ. ނަޑާލް މި މެޗުގެ ސެޓްތައް ގެންދިޔައީ 1-6 އަދި 5-7 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ނަޑާލް ބުނީ ފައިނަލުން ޖާގައެއް ކަށަވަރުވުމުން ވަރަށް އުފާވެފައިހުރި ކަމަށާއި، މި އިވެންޓުގެ ފައިނަލުން ޖާގަ ހޯދަން ބޭނުންވެފައިހުރި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް