އިތުރު ދެ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ވަނީ އިތުރު ދެ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
ކޭސް 26 އަކީ ޕްރޮބަބްލް ކޭސްއެއްގެ ގޮތުގައި ބަލަމުން އައި ކޭހެކެވެ. ނަމަވެސް، އިތުރު މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ކޭސް 26 ވަނީ އެމީހާއަށް އެސައިން ކުރެވިފައެވެ. ކޭސް 96 އަކީ ވެސް ދިވެއްސެކެވެ.
އެޗްޕީއޭ އިން ބުނީ ކޭސް 97 އިން ފެށިގެން ކޭސް 110 އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންކަމަށެވެ. އެއާއި އެކު ރާއްޖެއިން ފެނުނު ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ވަނީ 110 އަކަށް އަރާފަ އެވެ.