ފުވައްމުލަކު ސިޓީ އާ އައްޑޫ ސިޓީ އަށް ޔެލޯ އެލަރޓް ނެރެފި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ބުރާސްފަތި ދުވަހުގެ 12:10 ން ފެށިގެން ހަވީރު 16:00 ށް ވަނީ އެސަރަހައްދަށް ޔެލޯ އެލަރޓް ނެރެފައިކަމަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތު ތަކުގެ ތެރޭގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.
މީގެއިތުރުން މ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށް ވަނީ ވައިޓް އެލަރޓް ނެރެފި އެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ 11:30 ން ފެށިގެން ހަވީރު 16:30 އާ ހަމައަށް ވަނީ އެލަރޓް ނެރެފި އެވެ. އެވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
އަދި ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މީގެއިތުރުން މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތް ތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.