ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެސިޓީ ލޮކްޑައުން ކޮށްފައިވާތީ ބޭސް ބޭނުންވާ މީހުންނަށް ބޭސް ނެގުމަށް އޮންލައިން ކޮށް ފޯރމެއް ފުރިހަމަކުރުމަށް އެސްޓީއޯއިން އެދެފި އެވެ.
އެކަމާއި ގުޅޭގޮތުން އެސްޓީއޯއިން ބުނެފައިވަނީ ވައިބަރއިން މިހާތަނަށް އޯޑަރ ދީފައިވާ މީހެއްނަމަ މިފޯމް އަލުން ފޮނުވާކަށް ނުޖެހޭނެ ކަމަށެވެ. ފުލުހުން ދޭ ހުއްދަ އޮތް މީހުންނަށް އޯޑަރ ރެޑީ ވުމުން ބަލައި އާދެވޭނެކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯއިން ބުނެފައިވަނީ ބޭސް ޑެލިވަރ ކޮށްދެނީ 3 މަސް ހަމަނުވާ ބޭސްސިޓީތަކަށެވެ. އަދި ޑެލިވަރ ކޮށްދޭނީ ހަމައެކަނި ބޭސް ސިޓީއަށް ނަގާ ބޭސްތައް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ކޮވިޑް-19 މާލެއިން ފެނުމާއެކު މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް މާލެ ސިޓީ ވަނީ ލޮކްޑައުންކޮށްފަ އެވެ. އެހެންކަމުން ބޭނުންވާ ތަކެތި އަންނަނީ ޑެލިވަރީ ކުރަމުންނެވެ.