ކ. މާލެ
|
23 އޭޕްރިލް 2020 | ބުރާސްފަތި 02:40
މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހުމަދު ޒާހިރު
މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހުމަދު ޒާހިރު
އިސްލާމިކް މިނިސްޓްރީ
ޒަކާތު ފަންޑުން އެހީވުން
ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް އެހީވުމަށް ޒަކާތު ފަންޑުން 4 މިލިއަން ރުފިޔާ ހަރަދުކޮށްފި
ބޭރުގައުމުތަކުގައި ތިބި ދިވެހިންނަށް އެހީވުމަށް 3 މިލިއަން ރުފިޔާ ހަަރަދުކުރެވުނު: މިނިސްޓަރ
ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ޒަކާތު ފަންޑުން 1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ ހާލަތަށް ރިއާޔަތްކުރުމަށްފަހު އެ އަދަދު މުރާޖާ ކުރަމުންގެންދާނެ ކަމަށް

ކޮވިޑް-19 އާއި ގުޅިގެން ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް އެހީވުމުގެގޮތުން ޒަކާތު ފަންޑުން ހަތަރު މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެޓިވީން ގެނެސްދެމުންދާ ޚާއްސަ ކަވަރޭޖްއަށް ބުދަ ދުވަހު ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެގޮތުން ޒަކާތު ފަންޑުން މިހާތަނަަށް ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. އެގޮތުން ބޭރުގައުމުތަކުގައި ތިބި ދިވެހިންނަށް އެހީވުމަށް 3 މިލިއަން ރުފިޔާ ހަަރަދުކުރެވުނު ކަމަށާއި ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ޒަކާތު ފަންޑުން 1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.

ޒަކާތު ފަންޑުން އަޅުގަނޑުމެން ފުރަތަމަ ހަރަދު ކުރީ ރާއްޖެއިން ބޭރުގައި ތިބި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް. އެއީ ތިން މިލިއަން ރުފިޔާ. ދެން މިހާރު އެތެރޭގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް ޖެންޑަރ މިނިސްޓްރީއަށް އަޅުގަނޑުމެން މިދެނީ 1 މިލިއަން ރުފިޔާ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހުމަދު ޒާހިރު

މިނިސްޓަރ ވިދާޅުވީ ހާލަތަށް ރިއާޔަތްކުރުމަށްފަހު އެ އަދަދު މުރާޖާ ކުރަމުންގެންދާނެ ކަމަށެވެ.

ކޮވިޑް-19 އަކީ ބޮޑު ކާރިޘާއަކަށް ވުމާއިއެކު މިވައިރަހާއި ގުޅިގެން ރާއްޖެއިން ބޭރަށް ގޮސް ޙާލުގައި ޖެހިފައި ތިބި ދިވެހިންނަށް އެހީވުމަށް ސަރުކާރުން ދަނީ ބުރަ މަސައްކަތްތަކެއްކޮށް ގިނަ ފައިސާތަކެއް ޚަރަދުކުރަމުންނެވެ.

- ކޮމެންޓް