ކ. މާލެ
|
22 އޭޕްރިލް 2020 | ބުދަ 23:57
ޝެފީލްޑް ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް
ޝެފީލްޑް ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް
ގެޓީ އިމޭޖަސް
ކުޅުންތެރިންގެ މުސާރަ ކުޑަކުރުން
ޝެފީލްޑް ޔުނައިޓެޑްގެ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފި
ކުޅުންތެރިންގެ އިތުރަށް އެޓީމުގެ ކޯޗާއި ޗީފް އެގްޒެކެޓިވްގެ މުސާރަވެސް ވަނީ ކުޑަކޮށްފައި
މީގެ ކުރިން އާސެނަލް، ސައުތެމްޓަން އަދި ވެސްޓް ހޭމުން ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައި
ޕްރިމިއަރ ލީގު ކްލަބްތަކަށް ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަަމަށް އަންދާޒާކުރެވޭ

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ޝެފީލްޑް ޔުނައިޓެޑްގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމައިފި އެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ކްލަބަށް ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޝެފީލްޑް ޔުނައިޓެޑްގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރިއިރު، އެޓީމުގެ ކޯޗު ކްރިސް ވައިލްޑާ އާއި ޗީފް އެގްޒެކެޓިވް ސްޓެފަން ބެޓިސް ވެސް ވަނީ މުސާރަ ކުޑަކުރަން ނިންމާފައެވެ.

ޝެފީލްޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބުގެ ޗީފް އެގްޒެކެޓިވްގެ އިތުރަށް ކޯޗުންގެ މުސާރަ ހަ މަސް ދުވަހަށް ކުޑަކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މިއަހަރު ނިމެންދެން މުސާރައިން ބައެއް އުނިކުރަން ކުޅުންތެރިންވެސް ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި މި ބަޔާނުގައި ބުނެފައިވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމުގެ މައިގަނޑު ބޭނުމަކީ އެ ކްލަބުގެ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދިނުން ކަމަށެވެ.

ޝެފީލްޑުން އެޓީމުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމިއިރު، މީގެ ކުރިން އާސެނަލާއި ސައުތެމްޓަނާއި ވެސްޓް ހޭމް ޔުނައިޓެޑުންވެސް ވަނީ އެޓީމުގެ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައެވެ. ދެން މުސާރަ ކުޑަކުރަން މަސައްކަތް ކުރަމުން އަންނަނީ ޗެލްސީ އާއި ވަޓްފޯޑުންނެވެ.

ކޮވިޑް-19 ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންވެސް މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލާފައިވާއިރު، ގިނަ ކްލަބުތަކަށް ވަނީ މާލީ ގޮތުން އަސަރު ކޮށްފައެވެ. އެގޮތުން މިފަހަރުގެ ސީޒަން ފުރިހަމަ ނުކުރެވިއްޖެނަމަ، ކްލަބުތަކަށް އެއް ބިލިއަން ޔޫރޯގެ ގެއްލުން ވާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

- ކޮމެންޓް