ކ. މާލެ
|
22 އޭޕްރިލް 2020 | ބުދަ 15:53
ނެދަލެންޑްސް ފުޓްބޯޅަ ލީގުގައި އަޔަކްސް އާއި އޭޒެޑް ބައްދަލުކުރި މެޗުގެ ތެރެއިން
ނެދަލެންޑްސް ފުޓްބޯޅަ ލީގުގައި އަޔަކްސް އާއި އޭޒެޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ނެދަލެންޑްސް ފުޓްބޯޅަ ލީގު
ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލް ކުރަނީ
ނެދަލެންޑްސްގެ ސަރުކާރުން ވަނީ ސެޕްޓެމްބަރު އެއްވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އަންގާފައި

ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލްކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި ނެދަލެންޑްސްގެ ސަރުކާރުން ވަނީ ސެޕްޓެމްބަރު އެއްވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް އެގައުމުގައި ނުބޭއްވުމަށް އަންގާފައެވެ.

ސަރުކާރުގެ މި ނިންމުމާއެކު ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ކުއްލި ބައްދަލުވުމެއް ބޭއްވިއިރު، މި ބައްދަލުވުމުގައި ވަނީ އެ ގައުމުގެ ފުޓްބޯޅަ ލީގާއި ފުޓްބޯޅަ ސީޒަން އެއްކޮށް ހުއްޓާލުމަށް ނިންމާފައެވެ. އެކަމަކު އެ ނިންމުން ފައިނަލް ކުރާނީ ޔުއެފާއާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފައެވެ.

ނެދަލެންޑްސް ފުޓްބޯޅަ ލީގުގައި އެންމެ ފަހުން ލީގުގެ މެޗެއް ކުޅެފައިވަނީ މިދިޔަ މާޗު މަހުގެ އަށްވަނަ ދުވަހު އެވެ. ލީގު މެދުކަނޑާލިއިރު، އެއްވަނައިގައި 56 ޕޮއިންޓާއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން އަޔަކްސް އެވެ. ދެވަނައިގައި އޮތް އޭޒެޑް އާލްކްމާ އަށްވެސް 56 ޕޮއިންޓު ލިބިފައިވާއިރު، އަޔަކްސް އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލްކުރަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމިއިރު، ހާލަތު ތަން ނުދޭ ބައެއް ގައުމުތަކުގެ ލީގުތައް ކެންސަލް ކުރަން ހާއްސަ ހުއްދައެއް ދޭން ޔުއެފާއިން ވަނީ ނިންމާފައެވެ.

ނެދަލެންޑްސްގެ އިތުރުން ލީގުތައް ނިންމާލަން އަމާޒުހިފާފައިވަނީ ބެލްޖިއަމް އާއި ސްކޮޓްލެންޑުންނެވެ.

- ކޮމެންޓް