މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޒައުފިޝާން އަބްދުﷲ ކަމާލުއްދީން އައްޔަންކުރައްވައިފިއެވެ.
ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޒައުފިޝާން އައްޔަންކުރެއްވީ އާދިއްތަ ދުވަހު ހެނދުނު މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ޒައުފިޝާން ވަނީ 2002ވަނަ އަހަރުން ފެށިގެން 2020ވަނަ އަހަރާ ހަމައަށް ސިއްހީ ދާއިރާގެ އެކި މަގާމުތައް އަދާކުރައްވައިފައިވެއެވެ.
އެގޮތުން އެންމެ ފަހުން ހުންނެވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ޑިރެކްޓަރ ކަމުގެ މަގާމުގައެވެ. އަދި އެ މުއްދަތުގައި، 2016ން ފެށިގެން ޒިންމާދަރު އިސްވެރިޔާގެ މަޤާމު ވެސް އަދާކޮށްފައިވެއެވެ.
ޒައުފިޝާން 2000 ވަނަ އަހަރު ޑިޕްލޮމާ އިން ނަރސިންގ، 2002 ވަނަ އަހަރު ބެޗްލަރ އޮފް ނަރސިންގ އަދި 2006 ވަނަ އަހަރު މާސްޓަރ އޮފް ހެލްތު ސަރވިސަސް މެނޭޖްމަންޓް ހާސިލުކުރައްވައިފައިވެއެވެ.