ކ. މާލެ
|
18 އޭޕްރިލް 2020 | ހޮނިހިރު 21:39
ފުލުހެއް މަގުމަތި މޮނީޓަރ ކުރަނީ
ފުލުހެއް މަގުމަތި މޮނީޓަރ ކުރަނީ
ޔޫސުފް ސޮފްވާން ރަޝީދު
ފުލުހުން ފިޔަވަޅު އެޅުން
މަގުމައްޗަށް ނުކުތް 92 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް، އެކަކު ޖޫރިމަނާ ކުރެވުނު
ކަރަންޓީނު ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައި
މަގުމަތީގައި އުޅޭ މީހުންގެ އަދަދު ވަނީ ގިނަވެފައި

މާލެއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ލޮކްޑައުން ކުރެވިފައިވާއިރު، މިހާތަނަށް ގަވާއިދާ ޚިލާފަށް މަގުމަމައްޗަށް ނުކުތް 92 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ހޮނިހިރު ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ގަވާއިދާ ޚިލާފަށް މަގުމަމައްޗަށް ނުކުތް 92 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އެކަކު ޖޫރިމަނާވެސް ކޮށްފައިވާކަމަށެވެ.

މާލޭގެ މަގުތައް މައްޗަށް ނުކުމެ އުޅުން މިވަގުތު މިވަނީ މަނާކުރެވިފައި. މިގޮތުން މިކަން ޔަގީން ކުރުމަށްޓަކައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން. ފުލުހުން ދެންނެވީ މިއަދު މިހާހިސާބަށް 92 މީހަކު ވަނީ މަގުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި. އަދި އިތުރު އެކަކު ވަނީ ޖޫރިމަނާ ވެސް ކުރެވިފައި.
އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް

ހުކުރު ދުވަހުގެރޭ 20:30 ފެށިގެން މާލޭގެ މަގުމަތީގައި އުޅޭ ފަރާތްތަކާއި މެދު ފިޔަވަޅުއަޅަން ފުލުހުން ވަނީ ފަށާފައެވެ.

ފުލުހުންގެ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރު، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެޗްޕީއޭގެ އެންގުމާ ހިލާފުވާ ފަރާތްތަކާއި މެދު 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. ހަފްތާއެއްގެ މުއްދަތަށް މާލެ ލޮކްޑައުން ކޮށްފައިވާއިރު، މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުން ލޮކްޑައުންއާ ހިލާފުވާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރެވޭނެ ކަމަށެވެ.

- ކޮމެންޓް