ކ. މާލެ
|
18 އޭޕްރިލް 2020 | ހޮނިހިރު 18:25
ކޮވިޑް-19ން ރައްކާތެރިވުމަށް އައްޑޫސިޓީގައި ވެސް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި
ކޮވިޑް-19ން ރައްކާތެރިވުމަށް އައްޑޫސިޓީގައި ވެސް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި
ރާއްޖެއެމްވީ
އައްޑޫސިޓީގައި ވިޔަފާރި ކުރެވޭނެ ވަގުތުތައް
އައްޑޫސިޓީގައި ވިޔަފާރިކުރުމުގެ ގަޑިތަކަށް ބަދަލު ގެނެސްފި
ވިޔަފާރި ކުރާތަންތަނުން ހަވީރު 5:00ން ރޭގަނޑު 10:00ށް ޑެލިވަރީގެ ޚިދުމަތް ދެވޭނެ
ވިޔަފާރިތައް ހުޅުވިފައި ހުންނާނީ 9:00ން ހަވީރު 5:00ށް
މިއުސޫލާ ހިލާފުވާ ފަރަތްތަކާމެދު ފިޔަވަޅު އަޅާނެ

ކޮވިޑް-19އާ ގުޅިގެން އައްޑޫސިޓީގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުން ގިނަވަމުން ދިއުމާއި ގުޅިގެން އައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން 18 އެޕްރީލް 2020ން ފެށިގެން ސިއްހީ ޚިދުމަތްދޭ ކްލިނިކް ތަކާއި ބޭސް ފިހާރަތައް ފިޔަވައި ވިޔަފާރިކުރާ ފިހާރަތަކާއި އާންމު ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ދޭ ގަޑިތަކަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ވިޔަފާރީގެ ޚިދުމަތްތައް ދިނުމުގައި ކައުންސިލުން ހަމަޖައްސާފައިވާ ގޮތަކީ،

  1. އާންމު ވިޔަފާރިކުރާ ފިހާރަތަކާއި، އާންމުޚިދުމަތް ދޭތަންތަން ހުޅުވިފައި ހުންނަންވާނީ ހެނދުނު 9:00ން ހަވީރު 5:00ށް
  2. ވިޔަފާރި ކުރާތަންތަނުން ހަވީރު 5:00ން ރޭގަނޑު 10:00ށް ޑެލިވަރީ ކޮށްދިނުން
  3. ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުން ހެނދުނު 9:00ން ރޭގަނޑު 12:00ށް ހަމައެކަނި ޓޭކް އަވޭއާއި، ޑެލިވަރީގެ ޚިދުމަތްދިނުން،
  4. ގާޑިޔާތަކުގެ ވިޔަފާރި ހެނދުނު 9:00ން ހަވީރު 5:00ށް ޓޭކް އަވޭއާއި ޑެލިވަރީ ކޮށްދިނުން

ކައުންސިލުން ބުނީ މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

- ކޮމެންޓް