ކ. މާލެ
|
16 އޭޕްރިލް 2020 | ބުރާސްފަތި 19:57
ކޮވިޑް-19 ކޭސްއެއް މާލެއިން ފެނުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ
ކޮވިޑް-19 ކޭސްއެއް މާލެއިން ފެނުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ
އަޒްލިފާ އަބްދުﷲ
ކޮވިޑް-19 މާލެއިން ފެނުން
މާލެ އިން ފެނުނު ކޭސްއަކާ ގުޅުންހުރި އިތުރު 11 ތަނެއް މޮނިޓަރިންނަށް ގެނެސްފި
މާލެ ސިޓީން 11 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި
ހުޅުމާލެ އިން 7 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި
މާލެއިން 3 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި

ބުދަ ދުވަހު ކޮވިޑް-19 މާލެއިން ތިން މީހަކު ޕޮޒިޓީވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށްޓަކައި މުޅި ރާއްޖެ އިން 22 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

ބުރާސްފަތި ދުވަހު އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި މާލެ ސިޓީއާއި ހުޅުމާލެ އަދި ބައެއް ރަށްތަގެ ބައެއް ގެތަށްވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

މާލޭސިޓީން މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވަނީ:

· ހ. ރަތްކުރެދިއާރު

· މ. ފީރޯޒުގެ 6ބީ

· މ. ލޯކަށި 3 ސީ

· މ. ސޯސަންމާގެ

· ހ. ފެނިގެއްލިދާނެ 7 ވަނަ ފަންގިފިލާ

· މ . މަދޮށިގެ 2 ވަނަ ފަންގިފިލާ

· ގ. ވޯކް ހައުސް

· މ. ކުދދެހިގަސްދޮށުގެ 7 ވަނަ ފަންގިފިލާ އެޕާޓްމަންޓް ބީ

· މއ. އޯކިޑްގެ

· މ ނާގޮށިވިލާ 2 ވަނަ ފަންގިފިލާ

· މ. ޖަރީމާގެ

ހުޅުމާލެއިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ:

· ހުޅުމާލެ ލޮޓް ނަމްބަރު 11296-1ބީ

· ހުޅުމާލެ ފްލެޓް 6-2-02

· ހުޅުމާލެ ލޮޓް 11090

· ހުޅުމާލެ ލޮޓް ނަމްބަރު 10035، 2 ވަނަ ފަންގިފިލާ

· ހުޅުމާލެ ފްލެޓް 97-302

· ހުޅުމާލެ ފްލެޓް 1-2-06

· އަމީން އެވެނިއު ޓީކް 905

މީގެ އިތުރުން ހއ. ވަށަފަރު ނިޔަނދުރުމާގެ، ކ. ކާށިދޫ ދުވެލި، ތ. ތިމަރަފުށީ ސްނޯލައިޓް އަދި ސ. ހިތަދޫ ނޫމަސްވާދީ އެވެ.

މޮނީޓަރިންގ ގެ ހާލަތަށް ގެނެވުނު ތަންތަނަކީ މާލެއިން ފެނުނު ކޭސްތަކާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގގެ ތެރޭގައި ފާހަގަކުރެވުނު ތަންތަނެވެ. އެގޮތުން އެ މައްސަލައާ ގުޅުންހުރި ހައި ރިސްކް 82 މީހަކު މިހާތަނަށް ވަނީ ފާހަގަކުރެވިފަ އެވެ.

- ކޮމެންޓް