ކ. މާލެ
|
15 އޭޕްރިލް 2020 | ބުދަ 09:34
ބޮއިންގ 737 މެކްސް ފްލައިޓެއް
ބޮއިންގ 737 މެކްސް ފްލައިޓެއް
ރޮއިޓަރސް
ބޮއިންގ ކުންފުނީގެ މާލީ ހާލަތު
ބޮއިންގ ގެ އިތުރު އޯޑަރުތަކެއް ކެންސަލް ކުރުމާއެކު ކުންފުނި އިތުރު ހާސްކަމެއްގެ ތެރެއަށް
 
އެމެރިކާ ސަރުކާރުގެ އެހީއަށް އެ ކުންފުނިން ވަނީ އެދިފަ
 
ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ޑެލިވަރ ކުރެވުނީ އެންމެ 50 ފްލައިޓް
 
މާޗް މަހު 150 އޯޑަރެއް ވަނީ ކެންސަލްކޮށްފަ

ބޮއިންގ ކުންފުންޏަށް ލިބިފައިވާ އޯޑަރުތަކުގެ ތެރެއިން އިތުރު 75 ފްލައިޓެއްގެ އޯޑަރު ކެންސަލްކޮށްފި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިއާއެކު، މި މަރޗް މަހުގެ ތެރޭގައި އެކަނި ވެސް، 150 އޯޑަރު ކެންސަލް ވެފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަައެވެ. ކެންސަލް ކޮށްފައިވާ އޯޑަރުތަކަކީ އެ ކުންފުނީގެ 737 މެކްސް ޖެޓްލައިނަރ އަށް ލިބިފައިވާ އޯޑަރުތަކެކެވެ. މިދިޔަ އަހަރުގެ ތެރޭގައި ދެ ފްލައިޓެއް ވެއްޓުމާއި ގުޅިގެން އެ މަރުކާގެ ފްލައިޓްތައް ވަނީ ގްރައުންޑް ކުރެވިފައެވެ.

ޖެޓްލައިނަރތައް ގްރައުންޑް ކުރަން ޖެހުމާއި، ކޮރޯނާވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއާ ގުޅިގެން ބޮއިންގ ކުންފުންޏަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެ ކުންފުންޏަށް ޑެލިވަރ ކުރެވިފައިވަނީ އެންމެ 50 ފްލައިޓެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އެ ކުންފުނިން ވަނީ 149 ފްލައިޓް ޑެލިވަރީ ކޮށްފައެވެ.

ކޮރޯނާވައިރަސް ވަބާއާ ގުޅިގެން ބޮއިންގ ގެ އިތުރުން ވިލާތުގެ އެއަރބަސް އަށް ވެސް ވަނީ ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ފްލައިޓްތައް އުފައްދާ މިންވަރު މަދުކުރަން ޖެހި، ގިނަ އަދަދެއްގެ މުވައްޒަފުން ނޯޕޭއަށް ފޮނުވާލަން ޖެހިފައިވާ ކަމަށް އެ ކުންފުނިތަކުން ވަނީ ހާމަކޮށްފައެވެ. ދެ ކުންފުނިން ވެސް ވަނީ މާލީ އެހީ ހޯދުމަށް އެދި ހުށައަޅާފައެވެ.

ފްލައިޓް އުފައްދާ ކުންފުނިތަކުން އިތުރުން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ވެސް އަންނަނީ އަންދާޒާ ނުކުރާވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އަޔާޓާ އިން ހާމަކޮށްފައިވާ އަދަދުތަކަށް ބަލާއިރު، އެއަރލައިންތަކަށް 100 ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެ އެވެ. ގިނަ އެއަރލައިންތަކަކުން އަންނަނީ އެ އެއަރައިންތައް ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުތަކުން މާލީ އެހީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް