ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 19:33
ޑެހެއާ ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ
ޑެހެއާ ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ
ގެޓީ އިމޭޖަސް
ޑެހެއާ ބަދަލުވުން
ޑެހެއާގެ ރިޕްލޭސްމަންޓަށް ޔުނައިޓުން ތައްޔާރުވަނީ
ޑެހެއާގެ ބަދަލުގައި ދެ ކީޕަރަކަށްދަނީ ފާލަމުން
އޭސީ މިލާން އަދި އިންޓަމިލާންގެ ކީޕަރަށް ދަނީ ކަޅިއަޅަމުން

މެންޗެސްޓަރ ޔުނައިޓެޑު ގޯލްކީޕަރު ޑޭވިޑް ޑެހެއާ ގެންދިޔުމުގެ މަސައްކަތް ސްޕެއިންގެ ރިއާލް މެޑްރިޑުން ފަށާފައިވުމުން އޭނާގެ ބަދަލުގައި އެހެން ގޯލް ކީޕަރެއް ހޯދުމުގެ މަސައްކަތް ޔުނައިޓެޑް އިން ފަށައިފިއެވެ.

 

މިހާރު ސްޕެއިންގެ ވެސް އެއްވަނަ ކީޕަރު ޑެހެއާގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ މެޑްރިޑްގެ މިއަހަރުގެ ހޫނު މޫސުމުގައި އިތުރު ހަރުފަތަކަށް ޖައްސާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ރިއާލް މެޑްރިޑުން ކަޅިއަޅާ ގޯލް ކީޕަރުންގެ ތެރޭގައި ޑެހެއާގެ އިތުރުން ޗެލްސީގެ ގޯލްކީޕަރު ތިބައު ކޯޓުއާ ހިމެނޭ ކަމަށް އިންޑިޕެންޑެންޓްގައި ރިޕޯޓްކޮށްފައި ވެއެވެ.

 

މީގެ ކުރިން ވެސް ރެއާލް އިން ވަނީ ޑެހެއާ ހޯދުމުގެ މަސައްކަތްކޮށްފައެވެ. ނަމަވެސް އޭރު ޑެހެއާ ނިންމާފައިވަނީ ޔުނައިޓެޑްގައި މަޑުކުރާށެވެ. ޓްރާންފަރ ސީޒަން ކައިރިވަމުން އަންނައިރު، ޑެހެއާ އެނބުރި ސްޕެއިން ލީގަށް ބަދަލުވާން ނިންމަފާނެ ކަމާއިމެދު ޔުނައިޓެޑްގެ ކަންބޮޑުވުން އެބައޮތެވެ.

 

ޑެހާގެ އިތުރުން ދެން ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެއް ނަންބަރު ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ ވެސް ވަނީ އެނބުރި އާޖެންޓީނާއަށް ބަދަލުވާން ބޭނުންކަން ހާމަކޮށްފައެވެ.

 

ޓްރާންސްފަރ މާކެޓުގައި ޑެހެއާ ރެއާލަށް ބަދަލުވެދާނެ ކަމަށް ބެލިފައިވާއިރު، އޭނާގެ ބަދަލަކަށް ޔުނައިޓެޑް ނަޒަރު ހުއްޓިފައި ހުރީ އިޓަލީ ޤައުމީ ޓީމަށް ދާދިފަހުން މެޗެއް ކުޅެދިން އަދި އޭސީ މިލާންގެ ގޯލް ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އަށެވެ.

 

ޑޮންނަރުއްމާގެ އިތުރުން އިންޓަމިލާންގެ ގޯލް ކީޕަރު ސަމިރް ހެނޑަނޮވިޗްއަކީ ވެސް ޔުނައިޓެޑްގެ ލިސްޓުގައި ހިމެނޭ ގޯލްކީޕަރެކެވެ.

 

ޑޮންނަރުއްމާ އާ ހެނޑަނޮވިޗް އާ ދެ ކީޕަރުންގެ ތެރެއިން ޔުނައިޓެޑްގެ ފުރަތަމަ އަމާޒަކަށް ވާނީ ހެނޑަނޮވިޗްގެ ސޮއި ހޯދުމެވެ.

 

ޔުނައިޓެޑްގެ ތަރިން ކަމަށްވާ އިބްރަހިމޮވިޗް އަދި ޕޮގްބާގެ އިތުރުން މިކިތާރިއަންއާ އެއް އެޖެންޓެއް ގެންގުޅޭ ޑޮންނަރުއްމާ އަކީ ޔުނައިޓެޑްގެ ލިސްޓުގައި އިތުރު ޗޮއިސްއެއްގެ ގޮތުގައި ހިމަނާފައިވާ ކީޕަރެކެވެ. ނަމަވެސް އޭސީ މިލާން ދޫކޮށްލުމަށް އޭނާ ޔުނައިޓެޑާއި ގުޅިދާނެ ކަމަކަށް ނުބެލެވެއެވެ.

- ކޮމެންޓް