ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 20:56
މީޑިއާނެޓު
މީޑިއާނެޓު
ރާއްޖެއެމްވީ
މީޑިއާނެޓު
މައުލޫމާތާއި މުނިފޫހިފިލުވުމުގެ ޗެނަލްތައް ހިލޭ ބެލޭނެ ޕެކޭޖެއް މީޑިއާނެޓުން ތަޢާރަފުކޮށްފި
މީޑިއާނެޓުން ތައާރަފް ކުރި މި ޕެކޭޖުގައި 12 ޗެނަލެއް ހިމެނޭ
ޕެކޭޖް އަކީ 1 އޭޕްރިލް އިން 30 އޭޕްރިލް އަށް ތައާރަޕް ކުރެވުނު ޕެކޭޖެއް
ޕެކޭޖް އޮންލައިންކޮށް އެކްޓިވޭޓް ކުރެވޭނެ

މަޢުލޫމާތާއި މުނިފޫހިފިލުވުމުގެ ޗެނަލްތައް ހިލޭ ބެލޭނެ ޕެކޭޖެއް މީޑިއާނެޓުން ތަޢާރަފުކޮށްފިއެވެ.

ކޮވިޑް-19 ރާއްޖެއިންވެސް ފެނުމާއެކު ކަމާބެހޭ ފަރާތްތަކުން އަންނަނީ ގޭގައި ތިއްބެވުމަށް ޢާންމުންނަށް އިލްތިމާސްކުރަމުންނެވެ. އަދި އެއާއި ގުޅިގެން ޓީވީ ބަލާ މިންވަރު ވަނީ އިތުރުވެފައެވެ.

މި ޕެކޭޖާއި ގުޅިގެން މީޑިއާނެޓުން ބުނީ މި ދަނޑިވަޅު ޓީވީ ބަލާ މިންވަރު އިތުރުވެފައިވާތީ ރައްޔިތުން މުނިފޫހި ފިލުވުމުގެގޮތުން ޕެކޭޖެއް ތަޢާރަފްކޮށްފައިވާކަމަށެވެ. އަދި މި ޕެކޭޖްއަކީ 1 އޭޕްރިލް އިން 30 އޭޕްރިލްއަށް ތައާރަޕްކުރެވުނު ޕެކޭޖެއް ކަމަށެވެ. މީޑިއާނެޓުން ތައާރަފް ކުރި މި ޕެކޭޖުގައި 12 ޗެނަލެއް ހިމެނެއެވެ.

ކޮވިޑް-19 ޕެކޭޖުގައި ހިމެނޭ ޗެނަލްތަކަކީ:

  • ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް)
  • އައިސްޓީވީ
  • ސައުދީ ޤުރުއާން
  • އަލް ޤުރުއާން
  • ކިއުރިއޯސިޓީ ސްޓްރީމް
  • ޕީޕަލް ޓީވީ
  • ނެޓް ޖިއޯ ޕީޕަލް
  • އެމްޓީވީ އިންޑިއާ
  • ކޭބީއެސް
  • ފޮޮކްސް ފެމިލީ މޫވީޒް
  • ޗެނަލް ނިއުސް އޭޝިއާ
  • ޓްރޭސް ސްޕޯޓްސް

މީޑިއާނެޓުން ބުނީ މި ޕެކޭޖް އޮންލައިންކޮށް އެކްޓިވޭޓް ކުރެވޭނެކަމަށެވެ. އަދި މީޑިއާނެޓުގެ ކޯލްސެންޓަރ މެދުވެރިކޮށްވެސް ޕެކޭޖް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.

މީޑިއާނެޓުން މި ޕެކޭޖް ތައާރަފް ކުރީ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން، (ބްރޯޑްކޮމް)ގެ އެދުމަކަށެވެ.

- ކޮމެންޓް