ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 12:21
އެއަރ ކެނެޑާ
ޗެނަލް ނިއުސް އޭޝިއާ
އެއަރ ކެނެޑާ
ކޮވިޑް-19: އެއަރ ކެނެޑާގެ އޮޕަރޭޝަންތައް 90 އިންސައްތަ ދަށް ކުރުމަށް ނިންމައިފި
50 އިންސައްތަ މުވައްޒަފުން ވަގުތީ ގޮތުން ވަޒީފާއަށް ނުނެރޭނެ
1300 މެނޭޖަރުގެ ވަޒީފާ ވަގުތީ ގޮތުން އޭޕްރީލް 03 ގައި ގެއްލޭނެ
އެއަރ ކެނެޑާއިން ވަނީ ގިނަ އަދަދެއްގެ އިންޓަނޭޝަނަލް ފްލައިޓްތައް މިހާރު ހުއްޓާލާފައި

ކޮވިޑް-19އާ ގުޅިގެން އެއަރ ކެނެޑާގެ އޮޕަރޭޝަންތައް 90 އިންސައްތަ ދަށް ކުރުމަށް ނިންމައިފިއެވެ.

ހޯމަ ދުވަހު އެއަރ ކެނެޑާއިން ބުނީ އެ އެއަރލައިންގެ އޮޕަރޭޝަންތައް 90 އިންސައްތަ ދަށްކޮށް، 50 އިންސައްތަ މުވައްޒަފުން ވެސް ވަގުތީ ގޮތުން ވަޒީފާއަށް ނުނެރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 15،200 މުވައްޒަފުން އަދި 1300 މެނޭޖަރުގެ ވަޒީފާ ވަގުތީ ގޮތުން އޭޕްރީލް 03 ގައި ގެއްލޭނެ ކަމަށް އެއަރލައިން ބުނެއެވެ.

އެއަރ ކެނެޑާގެ ރައީސް ކެލިން ރޮވިނަަސްކޫ ވިދާޅުވީ މިއީ، ވަރަށް ހިތްދަތި ކަމާއެކު މަޖުބޫރު ހާލަތުގައި އެޅި ފިޔަވަޅުތަކެއް ކަމަށެވެ. އެގޮތުން 500 މިލިއަން ޑޮލަރު ސަލާމަތް ކުރުމަށްޓަކައި ގިނަ މުވައްޒަފުންތަކެއްގެ މުސާރަ ކުޑަ ކުރާނެ ކަމަށް ވެސް އެއަރ ކެނެޑާގެ ރައީސް ވިދާޅުވިއެވެ.

ސީނިއަރ އެގްޒެކެޓިވްލެވަލްގެ މީހުންގެ ސެލަރީއިން މިންވަރަށް މީހުން ނަގާނެ. އަދި ރައީސް އައީ ޗީފް ފިނޭންޝިއަލް އިފިޝިއަލް އަށް މިދުވަސްކޮޅު އެއްވެސް ވަރަކަށް މުސާރަ ނުނަންގަވާނެ.
އެއަރ ކެނެޑާގެ ރައީސް ކެލިން ރޮވިނަަސްކޫ

އެއަރ ކެނެޑާއިން ވަނީ ގިނަ ޢަދަދެއްގެ އިންޓަނޭޝަނަލް ފްލައިޓްތައް މިހާރު ހުއްޓާލާފައިއެވެ. އެއަރ ކެނެޑާގައި ގާތްގަނޑަކަށް 36،000 މުވައްޒަފުން މަސައްކަތް ކުރެއެވެ.

- ކޮމެންޓް