ކ. މާލެ
|
28 މާރޗް 2020 | ހޮނިހިރު 19:34
ގޫގްލްގެ ސީއީއޯ ސުންދަރު ޕިޗާއީ
ގޫގްލްގެ ސީއީއޯ ސުންދަރު ޕިޗާއީ
ގޫގުލް
ކޮވިޑް-19
ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް ގޫގްލް އިން 800 މިލިއަން ޑޮލަރުގެ ބޮޑު އެހީއެއް
100 100 އަށް ވުރެ ގިނަ ސަރުކާރުގެ އިދާރާތަކަށް އެހީވޭ
ޑަބްލިއުއެޗްއޯއަށް އެހީވޭ
އެހީގެ ބޮޑު ބައި ދެނީ އެޑް ގްރާންޓުގެ ގޮތުގައި

ކޮވިޑް-19އާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ގޫގްލް އިން 800 އަށް ވުރެ ގިނަ މިލިއަން ޑޮލަރުގެ މާލީ އެހީ ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ގޫގްލް އިން ނިންމާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޖަމިއްޔާތަކާއި ސަރުކާރުތަށާއި ފްރޮންޓްލައިން ގައި ހަރަކާތްތެރިވާ ހެލްތު ވަރކަރުންނަށް އެހީ ފޯރުކޮށްދިނުމަށެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށާއި 100 އަށް ވުރެ ގިނަ ސަރުކާރުގެ އިދާރާތަކަށް 250 ޑޮލަރުގެ އިސްތިހާރުކުރުމުގެ ފުރުސަތު އެއްވެސް އަގަކާއިނުލާ ދިނުމަށް ވަނީ ނިންމާފައެވެ. ކުރިން ގޫގްލް އިން ނިންމާފައިވަނީ 25 މިލިއަން ޑޮލަރު އެޑް ގްރާންޓުގެ ގޮތުގައި ދިނުމަށެވެ. އަދި ދަރުމަޔަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި މާލީ އިދާރާތަކަށް 20 މިލިއަން ޑޮލަރު އެޑްގްރާންޓުގެ ގޮތުގައި ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ގޫގްލް އިން ބުނީ 200 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓު ފަންޑެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފައެވެ. މި ފަންޑުގެ ޒަރިއްޔާއިން ދަރުމަޔަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށާއި މާލީ އިދާރާތަކަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް އެހީ ފޯރުކޮށްދެވޭނެއެވެ.

އަދި 340 މިލިއަން ޑޮލަރު ގޫގްލް އެޑް ކްރެޑިޓްފެ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިނުމަށްވެސް ވަނީ ނިންމާފައެވެ. ދިރާސާ ކުރާ ފަރާތްތަކަށް 20 މިލިއަން ޑޮލަރު ގޫގްލް ކްލައުޑް ކްރެޑިޓުގެ ގޮތުގައި ދިނުމަށްވެސް ނިންމާފައިވެއެވެ

- ކޮމެންޓް