ކ. މާލެ
|
21 މާރޗް 2020 | ހޮނިހިރު 18:52
ލޫކާ ޔޮވިޗް
ލޫކާ ޔޮވިޗް
ގެޓީއިމޭޖަސް
ކޮރޯނާވައިރަސް (ކޮވިޑް-19)
ރެއާލްގެ ޔޮވިޗް ޖަވާބުދާރީވާން ޖެހިއްޖެ
ރެއާލްގެ ބާސްކެޓް ޓީމުގެ ކުޅުންތެރިޔަކު މި މަހު 12 ވަނަ ދުވަހު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި
ޔޮވިޗްގެ ފަރާތުން ފެނުނު ކަންކަމަށް އޭނާ ވަނީ މާފަށް އެދިފައި

ރެއާލް މެޑްރިޑްގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ ލޫކާ ޔޮވިޗްގެ ފަރާތުން ގަވައިދާ ހިލާފު އަމަލުތަކެއް ފެނުމުން އޭނާ އެކަމަށް ޖަވާބުދާރީވާން ޖެހިއްޖެއެވެ.

ރެއާލްގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔަކު މި މަހު 12 ވަނަ ދުވަހު ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައެވެ. އެއާއިއެކު ރެއާލުގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންވެސް ވަނީ 14 ދުވަހުގެ މުއްދަތައް ކަރަންޓީނުވާން އަންގާފައެވެ. އެކަމަކު އެގޮތަށް އަންގައިފައިވަނިކޮށް ރެއާލްގެ ފޯވާޑް ޔޮވިޗް ވަނީ އޭނާގެ އުފަން ގައުމު ސާބިއާއަށް ގޮސްފައެވެ. މިއާއެކު ރެއާލުން ވަނީ އޭނާގެ އަމަލުތަކަށް ޖަވާބުދާރީވާން އަންގާފައެވެ.

އޭނާގެ ފަރާތުން ފެނުނު ކަންކަމަށް ޔޮވިޗް ވަނީ މާފަށް އެދިފައެވެ. އަދި އޭނާ ވަނީ ކަން ހިނގައިދިޔަ ގޮތް މީޑިއާއަށް ހިއްސާކޮށްފައެވެ. އޭނާ ބުނީ އޭނާ އެނބުރި ސާބިއާއަށް ދިޔުމަށް ހުއްދަދިނީ ރެއާލުން ކަމަށެވެ.

ޔޮވިޗް ވަނީ މިބަލީގައި ސްޕެއިން އާއި ސާބިއާގައި ކަންކުރާ ގޮތުގެ ތަފާތުވެސް ކިޔައިދީފައެވެ. އޭނާ ބުނީ ސްޕެއިންގައި ކާ އެއްޗެހި ގަތުމަށް އަދި ފާމަސީއަށް ބޭސް ގަންނަން ނިކުމެވޭ ކަމަށާއި ނަމަވެސް ސާބިއާގައި އެ ހުއްދަ ނޯންނަ ކަމަށެވެ. އަދި އޭނާއަށް ބޭރަށް ނުކުމެ އުޅެވުނީ ހޯދަންވީ މިންވަރަށް މައުލޫމާތު ނުހޯދައި ކަމަށެވެ. އަދި އެކަމަށް އޭނާ އެންމެންގެ ފަރާތުންވެސް މާފަށް އެދޭކަމަށް އޭނާ ބުންޏެވެ.

ޔޮވިޗް ފަރާތުން ފެނުނު ކަންކަމުގެ ސަބަބުން ސާބިއާގެ ފުލުހުންނާއި ރެއާލުން އަންނަނީ އޭނާގެ މައްސަލަ ބަލަމުންނެވެ. ބެލެވޭ ގޮތުގައި ދެ ފަރާތުން ވެސް އޭނާ ޖޫރިމަނާ ކުރާނެއެވެ.

ޔޮވިޗްގެ އިތުރުން ކަރަންޓީނުގެ މުއްދަތު ތެރޭގައި ބޭރަށް ނުކުމެ ފުޓްބޯޅަ ކުޅުމުގެ ސަބަބުން ޗެލްސީގެ ޒުވާން މިޑްފިލްޑަރު މޭސަން މައުންޓަށް ވެސް ވަނީ އަދުބުދޭން ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް