ރ.އިންނަމާދޫ އިންޖީނުގޭގެ ތިޖޫރީ އަދި ކިނޮޅަހުގެ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލަން ބަޔަކު މަސައްކަތްކޮށްފިއެވެ.
ހުކުރު ދުވަހު ފުލުހުން ބުނީ ރ.އިންނަމާދޫގެ އިންޖީނުގެ ވޮޗަރު ބަދެފައި އޮފީސް ބައިގެ ތިޖޫރީ ފަޅާލަން ރޭ 4:00 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި ރ.ކިނޮޅަހު ކައުންސިލް އިދާރާއަށް ގެއްލުންދީ ތިޖޫރީ ފަޅާލަން މަސައްކަތްކޮށްފައިވާކަމުގެ ރިޕޯޓު ވެސް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މިދެމައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން ދެރަށަށް ވެސް ބަޔަކު އަރާފައިވަނީ ޑިންގީއެއްގައިކަން އެނގިފައިވާ ކަމަށެވެ.
މިދެމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.