ކ. މާލެ
|
20 މާރޗް 2020 | ހުކުރު 18:41
ޗައިނާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޖޮންގް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޗައިނާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޖޮންގް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޓްވިޓަރ
ކޯވިޑް-19
ކޯވިޑް-19: ކޮންޓްރޯލް ކުރުމަށް ޗައިނާއިން ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ
މި ކޮނެފަރެންސްގައި 18 ގައުމަކުން ވަނީ ބައިވެރި ވެފައި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާއިން އިންތިޒާމް ކޮށްގެން ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ދިވެހިރާއްޖެ އިން ބައިވެރި ވެއްޖެ އެވެ.

ޗައިނާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޖޮންގް ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ކޯވިޑް-19 އިން ރައްކައުތެރިވުމާއި އެބަލި ކޮންޓްރޯލް ކުރުމަށް ކަމާގުޅޭ މާހިރުންނާއި އޮފިޝަލުން ބައިވެރިވެގެން ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ދިވެހިރާއްޖެ އިން ބައިވެރިވާ ކަމަށެވެ.

ޗައިނާއިން އިންތިޒާމް ކޮށްގެން ބޭއްވި މި ވީޑިއޯ ކޮންފަރެންސްގައި ޔޫރޯ އޭޝީޔާ އަދި ސައުތް އޭޝިޔާގެ ގައުމުތައް ހިމެނޭ ގޮތަށް ޖުމްލަ 18 ގައުމަކުން ބައިވެރިވެފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ދާދި ފަހުން ބުނެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސަފީރު ޒަންގް ލިޖޮންގް ވަނީ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމަށާއި އިތުބާރުކުރެވޭ އެކުވެރިއެއް ކަމަށެވެ.

މިބައްދަލުވުމާއި ގުޅިގެން ސަފީރު ޒަންގް ލިޖޮންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ޗައިނާއަށް ދިމާވެފައިވާ ހިތާމަވެރި ދަނޑިވަޅުގައި ރާއްޖޭގެ ސަރުކާރުންނާއި އާންމުންގެ ފަރާތުން ލިބޭ ސަޕޯޓަށް ޝަކުރުކުރައްވާ ކަމަށެވެ. އަދި މިދަނޑިވަޅުގައި ރާއްޖެއަށް އެންމެ ބޭނުންވާތަކެތީގެ ލިސްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފަ އެވެ.

- ކޮމެންޓް