ކ. މާލެ
|
20 މާރޗް 2020 | ހުކުރު 11:04
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ކޮވިޑް-19
ކޮވިޑް-19: ކަރަންޓު ބިލުން %40 އަދި ފެން ބިލުން %30 ހިލޭ
އެކަން ހާމަކުރެއްވި ފިނޭންސް މިނިސްޓަރ އަމީރު

ކޮވިޑް-19 އަށް ގުޅިގެން އާންމު ރައްޔިތުންނަށް ދަތިތައް ދިމާވާނެތީ ކުރިޔަށް އޮތް ދެ މަސް ދުވަހުގެ ކަރަންޓު ބިލުން ބައެއް ސަރުކާރުން ދައްކާ ގޮތަށް ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ފިނޭންސް މިނިސްޓްރީއާ، އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އެމްއެމްއޭއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، އޭޕްރީލް އަދި މެއި މަހުގެ ކަރަންޓް ބިލުން %40 އަދި ފެންބިލުން %30 ސަރުކާރުން ދައްކައިދޭ ގޮތަށް ނިންމައިފި އެވެ.

ކުރިޔަށް އޮތް ދެމަހު (އެޕްރީލް މަހާއި މޭމަހު، ކަރަންޓު ބިލުން 40 ޕަސެންޓް އަޅުގަނޑުމެން ސަބްސިޑައިޒް ކޮށްދޭނަން. އަދި ފެން ބިލް، އެޕްރީލް އަދި މޭމަހު 30 ޕަސެންޓް އަޅުގަނޑުމެން ސަބްސިޑައިޒް ކޮށްދޭނަން.
އިބްރާހިމް އަމީރު - ފިނޭންސް މިނިސްޓަރ

ކޮވިޑް-19 އާ ގުޅިގެން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ދޫކުރާ ފެނުގެ ޚިދުމަތުން ކޮންމެ ބިލަކުން އެއް ޓަނު ފެން ހިލޭ ލިބޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އެއް ޓަނު ފެނަކީ 1،000 ލީޓަރެވެ. އެހެންކަމުން ދުވާލަކަށް ކޮންމެ ކަސްޓަމަރަކަށް 33 ލީޓަރު ފެން ހިލޭ ލިބޭނެ އެވެ. އެއީ ގާތްގަނޑަކަށް 5 ލީޓަރުގެ 6 ފުޅިފެނެވެ. އެމްޑަބްލިޔުއެސްސީން ބުނީ މި މާރޗު މަހުގެ 12 އިން ފެށިގެން 30 ދުވަހުގެ ނިޔަލަށް އެއްޓަނު ފެން ކޮންމެ ކަސްޓަމަރަކަށްވެސް ހިލޭ ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފުކޮށްފައެވެ.

- ކޮމެންޓް