ކ. މާލެ
|
20 މާރޗް 2020 | ހުކުރު 03:57
ރާއްޖެ ޓީވީގައި މަސައްކަތްކުރި ބައެއް މުވައްޒަފުން
ރާއްޖެ ޓީވީގައި މަސައްކަތްކުރި ބައެއް މުވައްޒަފުން
ރާއްޖެ ޓީވީ
"ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ދިން އަނިޔާގެ ޒައްރެއްގެ މިންވަރުވެސް ކެތެއް ނުކުރެވޭނެ"
ޗެނަލް 13 މިހާރު އެކުރަނީ ކުރިން ރާއްޖެ ޓީވީން ކުރި ކަންތައް ކަމަށް ޝަރީފް ވިދާޅުވި
ރާއްޖެ ޓީވީ ވާން އުޅުމަކީ މޮޔަ ކަމެއް ސަލީމް ވިދާޅުވި
ރާއްޖެ ޓީވީގެ މުވައްޒަފުންގެ ހުރިފަދަ ހިތްވަރެއް ނުދެއްކޭނެ ކަމަށް ސަލީމް ވިދާޅުވި

ރާއްޖެ ޓީވީއަށް ދިން އަނިޔާގެ ޒައްރެއްގެ މިންވަރުވެސް ޗެނަލް 13 އަށް ކެތް ނުކުރެވޭނެ ކަމަށް ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ އާއްމު ސިއްހީ ކުއްލި ނުރައްކާގެ ހާލަތު ނިމެންދެން ޗެނަލް 13 އިން ގެނެސްދެމުންދާ “މަޑިސީލަ” ޕްރޮގްރާމް ގެނެސްދިނުން މެދުކަނޑާލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) އިން ނިންމާފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއެމްއަށް ނިޞްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމިނުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ އާދަމް ޝަރީފް ކުރައްވާފައިވާ ޓްވީޓްގައި ވަނީ ޗެނަލް 13 މިހާރު އެކުރަނީ ކުރިން ރާއްޖެ ޓީވީން ކުރި ކަންކަން ކަމަށާއި، އޭރު ރާއްޖެ ޓީވީ ބަންދު ނުކުރީ އިދިކޮޅުގެ އަޑު އިވެން ޖެހޭނެތީ ކަމަށެވެ. އަދި މިހާރު ވެސް ކުރަންވީ ކަމަކީ ޒިންމާދާރު ނޫސްވެރިކަމަށް ހިތްވަރުދިނުން ކަމަށާއި ވެރިކަމަށް އައުމުގެ ކުރިން ދައްކާ ވާހަކަ އާއި ވެރިކަމަށް އައުމަށްފަހު ދެކޭ ގޮތް ތަފާތު ނުކުރެއްވުމަށް ޓްވީޓުގައި އެދިވަޑައިގެންފައިވެއެވެ.

ޝަރީފް ގެ މި ޓްވީޓަށް ރައްދު ދެއްވާ ސަލީމް ކުރެއްވި ޓްވީޓްގައި ވަނީ ރާއްޖެ ޓީވީއަށް ވާން އުޅުމަކީ މޮޔަ ކަމެއް ކަމަށެވެ. އަދި އެފަދަ ހިތްވަރެއް ނުވެސް ދެއްކޭނެ ކަމަށާއި ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ދިން އަނިޔާގެ ޒައްރެއްގެ މިންވަރުވެސް ކެތް ނުކުރެވޭނެ ކަމަށް ސަލީމް ވިދާޅުވެފައިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީނުގެ ސަރުކާރުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ރާއްޖެޓީވީ އެކި ފަހަރުމަތިން ޖޫރިމަނާކޮށްފައެވެ. އެންމެ ފުރަތަމަ ރާއްޖެޓީވީ 1 މިލިއަން ރުފިޔާ އާއި 2 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު އޭގެ ފަހުން ޖޫރިމަނާކޮށްފައިވަނީ 5 ލައްކަ ރުފިޔާ އިންނެވެ.

ފާއިތުވި ހަ އަހަރު ރާއްޖެޓީވީއަށް އެތައް ގިނަ ގެއްލުންތަކާއި އަދި ފިއްތުންތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. ރާއްޖެޓީވީ ރޯކޮށްލި ބިރުވެރި ނާމާން ޖަރީމާ ހިންގާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ފަތިހު 04:45 ގައެވެ. ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލާ ހުރިހާ އިކުއިޕްމެންޓެއް އަންދައި އަޅިއަށް ހަދާލާފައިވަނީ، އެ ނިރުބަވެރި ޙަމަލާ އާ ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އިމާރާތަށް އެއްމިލިއަން ތިންލައްކަ ސަތާރަހާސް ހަތަރު ސަތޭކަ ތިރީސް ރުފިޔާގެ ގެއްލުން ލިބުނެވެ. ތަކެއްޗާއި ސާމަނަށް ދިހަ މިލިއަން ތިންލައްކަ ތިރީސް ނުވަ ހާސް ހަތަރު ސަތޭކަ ތިން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. އެހެންކަމުން ރާއްޖެ ޓީވީއަށް ލިބުނު ގެއްލުމުގެ ޖުމުލަ ޢަދަދު 11.65 މިލިއަން ރުފިޔާއަށް އަރައެވެ.

- ކޮމެންޓް
21 މާރޗް 2020 | ހޮނިހިރު 15:42
ޢީސާފުޅު
ދަތްދޮޅިމެން ހަމަ ގަމާރީ، އަޅާކިޔޭނީވެސް އެއްގޮތް ކަމެއް ހުންނަ ކަންކަމާއި ތަކެއްޗަށް...، ދޮގާއިތެދު އަޅާނުކިޔޭނެ. ރާއްޖެ ޓީވީއާއި ޗެނަލް 13 އެއްގޮތް ނުވާނެ. އިސްލާމް ދީނާ އެއްވެސް އެހެން ގޮތަކާއަޅާ ނުކިޔޭނެ. ތަޢުލީމީ ދާއިރާގައިވެސް އުޅުއްވި ދަތްދޮޅިއެކޯވިއްޔަ.....