ކ. މާލެ
|
20 މާރޗް 2020 | ހުކުރު 01:07
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
އައިލެންޑް ސަފާރީން ކޮވިޑް-19 އަށް ޕޮސިޓިވްވި މީހަކު ދަރުމަވަންތަ ހޮސްޕިޓަލްއަށް ބަދަލުކުރަނީ
މިހާތަނަށް އައިލެންޑް ސަފާރީން ދެ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައި
30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައި
މިހާތަނަށް ރާއްޖެއިން ފެނިފައިވާ ކޮވިޑް-19 ގެ 13 ކޭސް

އައިލެންޑް ސަފާރީ – 1 އިން ކޮވިޑް-19 އަށް ކުރިން ޕޮޒިޓިވްވި ބިދޭސީއެއް، ދަރުމަވަންތަ ހޮސްޕިޓަލް އަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ އެމީހާ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ގެ 13 ކޭސްއެއް ފެނިފައިވާއިރު އޭގެތެރެއިން 2 ކޭސް ފެނިފައިވަނީ އައިލެންޑް ސަފާރީ-1 އިންނެވެ. ސަފާރީއިން ޓެސްޓްކުރި ދެމީހުން ބައްޔަށް ޕޮސިޓިވް ކަން އިއުލާނުކޮށްފައިވަނީ ކޮވިޑް-19 ގެ ޓާސްކްފޯސް އިން މާޗްމަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އައިލެން ސަފާރީ އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

- ކޮމެންޓް