ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 23:57
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން \"މަޑިސީލަ\" ޕްރޮގްރާމް ހުއްޓާލަން އަންގައިފި
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން އަންގައިފި
ޓްވިޓަރ
ބްރޯޑްކޮމް
ކޮވިޑް-19: "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން އަންގައިފި
މިއީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ ބަލާފައިވާ މައްސަލައެއް

އާއްމު ސިއްހީ ކުއްލި ނުރައްކާގެ ހާލަތު ނިމެންދެން ޗެނަލް 13 އިން ގެނެސްދެމުންދާ “މަޑިސީލަ” ޕްރޮގްރާމް ގެނެސްދިނުން މެދުކަނޑާލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) އިން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ވަނީ ދިވެހި ދައުލަތުން ޢާންމު ސިއްޙަތުގެ ކުއްލި ނުރުއްކަލުގެ ހާލަތު އިޢުލާނުކޮށްފައިވަނިކޮށް ޗެނަލް 13 އިން 19 މާރިޗް 2020ގެ 00:00 ހާއިރު ގެނެސްދިން “މަޑިސީލަ” ޕްރޮގްރާމުގައި ކޮވިޑް 19 އާއި ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ ކޮމިޝަނުން ބަލާފައިވާ މައްސަލައެއް ކަމަށެވެ.

ބްރޯޑްކޮމް އިން ބުނީމި މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާކަމަށެވެ. އެގޮތުން 19 މާރިޗު 2020 ގައި ބޭއްވި ބައްދަލުވުމުގައި، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްއަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި “މަޑިސީލަ” ޕްރޮގްރާމުގައި ކޮވިޑް 19 އާ ބެހޭގޮތުން ގެނެސްދީފައިވާ މައުލޫމަތާކީ، މުޢުތަބަރު ފަރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ މައުލޫމާތެއްކަމަށް ބުނެފައިވާކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

ނަމަވެސް އެ ޕްރޮގްރާމުގައި ކޮވިޑް 19 އާއި ގުޅިގެން ގެނެސްދީފައިވާ މަޢުލޫމާތަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވިގެން ގެނެސްދީފައިވާ މަޢުލޫމާތެއްކަމަށް ބެލެވެން ނެތް ކަމަށް ބްރޯޑްކޮމް އިން ބުނެފައިވެއެވެ. އެހެންކަމުން ޗެނަލް 13 ގެ ޕްރޮގްރާމް ޝެޑިއުލްގައި ހިމެނޭ “މަޑިސީލަ” ޕްރޮގްރާމް، ބުރާސްފަތި ދުވަހުން ފެށިގެން ޢާންމު ސިއްޙަތުގެ ކުއްލި ނުރުއްކަލުގެ ހާލަތުގެ މުއްދަތަށް އުނިކުރުމަށް ވަނީ އަންގާފައެވެ.

- ކޮމެންޓް