ބޭރުގައުމުތަކުން ރާއްޖެ އައި މީހުންގެ ތެރެއިން ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބި ފަރާތްތަކަށް އެފަރާތްތަކުގެ އާއިލާ ތަކުން ތަކެތި ފޮނުވުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބި ފަރާތްތަކަށް އެފަރާތްތަކުގެ އާއިލާ ތަކުން ފޮނުވާ ޕާރްސަލް ފަދަ ތަކެތި ބަލައިގަތުމަށް ހަަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 11:00 އަށް ކަމަށެވެ.
އެކަމަށް ކަނޑައަޅާފައިވާ ހޮޓް ލައިން ނަމްބަރަކީ 7290223 އެވެ. މި ނަމްބަރު އެކްޓިވް ވާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރެގަނޑު 23:00 އަށް ކަމަށެވެ.
އަދި ހުކުރު ދުވަހު މި ނަމްބަރު އެކްޓިވް ވަނީ މެންދުރު ފަހު 14:30 އިން ރޭގަނޑު 23:00 އަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އައިސޮލޭޝަން އަދި ކަރަންޓީނުގައި ތިބި ފަރާތްތައް:
ވިލިވަރުގައި 25 މީހުން
އެޗްއައިއެޗް ގައި 75 މީހުން
ފަރުކޮޅުފުށީގައި މީހަކު ނެތް
ޑީއެޗް 11 ގައި އެޑްމިޓްކޮށްފައި 2 މީހުން
ވެލިދޫ އައިސޮލޭޝަންގައި 16 މީހުން
ފަން އައިލެންޑްގައި ކަރަންޓީނުކޮށްފައި 51 މީހުން