ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 01:03
ކޮވިޑް-19 އިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ ނެގުމަށް އެޗްޕީއޭއިން ދަނީ އިލްތިމާސްކުރަމުން
ކޮވިޑް-19 އިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ ނެގުމަށް އެޗްޕީއޭއިން ދަނީ އިލްތިމާސްކުރަމުން
ހެލްތު މިނިސްޓްރީ
ކޮވިޑް-19
މަތިވެރި، ގިލިލަންކަންފުށި އަދި އަނަންތަރާ ކިހާވަށް ރިސޯޓުން ޓެސްޓުކުރި މީހުންގެ ނަތީޖާ ނެގެޓިވްވެއްޖެ
މިބައްޔަށް 13 މީހަކު ޕޮޒިޓިވްވެފައިވޭ
މިތިން ރަށް މޮނިޓަރިންގްގެ ހާލަތުން ނެގިފައި
މައި ސްކައި ޔޮޓުން ނެގި 2 ބިދޭސީންގެ ސާމްޕަލް ނެޖެޓިވް

ކޮވިޑް-19 އަށް ޝައްކުކުރެވިގެން މަތިވެރި، ގިލި ލަންކަންފުށި އަދި އަނަންތަރާ ކިހާވަށް ރިސޯޓުން ޓެސްޓުކުރި މީހުންގެ ނަތީޖާތައް ނެގެޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އަނަންތަރާ ކިހާވަށް ރިސޯޓުން ނެގި ބިދޭސީގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި ގިލި ލަންކަންފުށި ރިސޯޓުން ނެގި 2 ބިދޭސީންގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ކަމަށާއި، މައި ސްކައި ޔޮޓުން ނެގި 2 ބިދޭސީންގެ ސާމްޕަލްގެ ނަތީޖާ ވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިހާރު މިތިން ރަށް މޮނިޓަރިންގްގެ ހާލަތުން ނެގިފައިވާ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ އއ. މަތިވެރިން ނެގި 2 ބިދޭސީންގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު، މިބައްޔަށް ޝައްކުކުރެވިގެން ޓެސްޓުކުރާ ގިނަ މީހުންގެ ސާޕްލްތައް ވަނީ ނެގެޓިވްވެފައެވެ.

ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 09 މީހުންނަކީ އިޓަލީ މީހުންނެވެ.

- ކޮމެންޓް