ކ. މާލެ
|
18 މާރޗް 2020 | ބުދަ 13:50
އީސީގެ މެމްބަރ އަހުމަދު އަކްރަމް
އީސީގެ މެމްބަރ އަހުމަދު އަކްރަމް
ޝުއައިބް މުހައްމަދު އިގްބާލް
ރައްޔިތުންގެ މަޖިލިސް
އީސީގެ މެމްބަރުކަމަށް އަކްރަމް އައްޔަނުކުރުމަށް އެމްޑީޕީން ޓޫ ލައިން ވިޕެއް ނެރެފި
އީސީގެ މެމްބަރުކަމަށް އައްޔަނުކުރުމަށް ބާއްވާ ޖަލްސާ މިއަދު 2 ޖަހާއިރު އޮންނާނެ
އަކްރަމް އަކީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް

އިލެކްޝަންސް ކޮމިޝަން(އީސީ) ގެ މެމްބަރުކަމަށް އަހުމަދު އައްޔަނުކުރުމަށް އެމްޑީޕީން ޓޫ ލައިނެއް ވިޕެއް ނެރެފި އެވެ.

އީސީގެ މެމްބަރުކަމަށް މެމްބަރަކު އައްޔަނުކުރުން ބުދަ ދުވަހު މެންދުރު އޮންނަ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. އީސީއަށް މެމްބަރަކު އައްޔަނުކުރުމަށް ރައީސް ފޮނުއްވެވި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ރިޕޯޓްގައިވެސް ކުރީގައި އުޅުއްވަނީ އަކްރަމް އެވެ.

ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްކުރެވުނު ނަންތައް

  • އަހުމަދު އަކްރަމް (12 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވި)
  • އަހުމަދު ފަޔާޒް ހަސަން (11 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވި، އެއް މެމްބަރަކު އިންޓަވިއުގައި ބައިވެރިވެވަޑައެއް ނުގަންނަވާ)
  • މަރިޔަމް ހަނީފާ ޚާލިދު (11 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވި، އެއް މެމްބަރަކު އިންޓަވިއުގައި ބައިވެރިވެވަޑައެއް ނުގަންނަވާ)
  • އަހުމަދު މަންސޫރު (10 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވި، ދެ މެމްބަރަކު އިންޓަވިއުގައި ބައިވެރިވެވަޑައެއް ނުގަންނަވާ)

އިލެކްޝަންސް ކޮމިޝަނުގައި އަކްރަމް އަދާކުރަމުންދާ މަޤާމުގެ މުއްދަތު މި މާރޗު މަހުގެ 23 ވަނަ ދުވަހަށް ހަމަވާނެ އެވެ. އެހެންކަމުން އަކްރަމް މިވަނީ ދެވަނަ ދައުރަކަށްވެސް އެކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތި ލައްވާފަ އެވެ.

އަކްރަމަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، އަމާންކަމާއި އޮމާންކަމާއެކު ބޭއްވުމުގައި އިލެކްޝަންސް ކޮމިޝަނުގައި އިސް ދައުރެއް އަދާކުރެއްވި އެކޮމިޝަނުގެ މެންބަރުގެ އިތުރުން ތަރުޖަމާނު ވެސް މެއެވެ.

- ކޮމެންޓް