ކ. މާލެ
|
17 މާރޗް 2020 | އަންގާރަ 23:58
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި 3 ދިވެއްސެއް ޓެސްޓުކުރަނީ
ރާއްޖެއިން 13 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި
އިތުރު ބަޔަކު ޓެސްޓު ކުރުމުގެ މަސައްކަތްދަނީ ކުރަމުން

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ތިން ދިވެހިން ގޭގައި އެކަހެރިކޮށް އެ މީހުންގެ ޓެސްޓްތައް ހަދަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އަންގާރަ ދުވަހުގެރޭ އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އެ 3 މީހުންވެސް އެކަހެރިކޮށް، މިހާރު ތިބީ ހޯމް އައިސޮލޭޝަންގައެވެ.

ކޮވިޑް-19 ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކޭސްތައް:

ސ. ހިތަދޫ: ކޮޗިން އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި

ޅ. ހިންނަވަރު: ލަންކާ އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި

ދ. ކުޑަހުވަދޫ: ޓްވިންޑްރަމް އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި

އއ. އުކުޅަސް: ޓްވިންޑްރަމް އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި

ރ. ފައިނު: ކޮޗިން އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި

މާލެ: ލަންކާ އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި

ބެންގަލޫރުން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި

އައިލެންޑް ސަފާރީގެ ދެ ޕޮސިޓީވް ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު އަލާމާތް ހުރި މީހެއް، ސާމްޕްލިންގެ މަސައްކަތް ދަނީ ކުރިއަށް.

- ކޮމެންޓް