ކޮވިޑް-19 އަށް ޝައްކުވެގެން މީހެއްގެ ސާމްޕަލް ނެގުމަކީ އެ ސަރަހައްދުގައި އުޅޭ އެންމެން ހާސްވެ ބިރުވެރިކަމެއް ތެރެއަށް ވެއްޓެން ޖެހޭ ކަމެއް ނޫން ކަމަށާއި، އަދި އެފަދަ ގޮތަކަށް އެއްވެސް ފަރާތުން ކަންތައް ނުކުރުމަށް ޑރ. ނަޒްލާ ރަފީގް އިލްތިމާސް ކުރައްވައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ބަލީގެ އަލާމަތްތައް ހުންނަ މީހުންގެ ސާމްޕަލްތައް މާލޭގެ އިތުރުން ރަށްރަށުން ނަގަމުންދާ ކަމަށެވެ.
ސާމްޕަލްތައް ނަގަމުންދާއިރު ވައިބަރ ގްރޫޕްތައް އަދި ޝޯޝަލް މީޑިއާގެ ގްރޫޕްތަކުގައި، މީހުން ހާސްކަމެއްގެ ތެރެއަށް ވައްޓާލާ ކަހަލަ މެސެޖުތައް ދައުރު ކުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އަދި މީހެއްގެ ސާމްޕަލް ނެގުމަކީ އެ ހިސާބުގައި އުޅޭ އެންމެންނަށް ބިރުވެރިކަމެއް އަންނަން ޖެހޭ ފަދަ ކަމެއް ނޫން އިނގޭތޯޑރ. ނަޒްލާ
ޑރ. ނަޒްލާ ވިދާޅުވީ، މީހަކު ގޭގައި އެކަހުރި ކުރުމަކީ އެ ސަރަހައްދުގައި އުޅޭ އެންމެން ބިރުވެރިވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އާއްމު އުސޫލެއްގެ ދަށުން މީހަކު އެކަހެރި ކުރަނީ ބައްޔަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓް ވެފައިވާ ކަމަށް ބެލެވޭ މީހުންނެވެ. ސަރަހައްދުގައި އުޅޭ މީހުންނަށް އެއްވެސް ބިރުވެރިކަމެއް އޮންނަމަ އެކަންކަން ބަލަމުންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީހުން ތެރޭގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ނުކުރުމަށް ޑރ. ނަޒްލާ އިލްތިމާސް ކުރައްވާފައިވާއިރު، އެކަހެރި ކުރާ މީހުން އަދި ކަރަންޓީންކުރާ ފަރާތްތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިލްތިމާސްތަކަށް ބޯނުލަބާނަމަ އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އެ ރޯގާ އަށް ޝައްކު ކުރެވޭ ދިވެހި ފިރިހެނެއް ގޭގައި މަޑުކުރުމަށް އަންގާފައިވަނިކޮށް އެކަމަށް އެއްބާރުލުން ނުދީ އަންގާފައިވާގޮތަށް އަމަލުކޮށްފައިނުވާ މައްސަލައެއް ފުލުހުން ދަނީ މިހާރު ބަަލަމުންނެވެ. އެމީހާ އަކީ ވިލިމާލެ ގައި ދިރިއުޅެމުންދާ މީހެެކެވެ.