ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ޔެލޯ އެލަރޓް ނެރެފައިވާތީ، މިނިސްޓްރީން ޢާންމުންނަށް ފޯރުކޮށްދެމުންގެންދާ ޚިދުމަތްތައް، 17 މާރިޗުން ފެށިގެން ފޯރުކޮށްދޭނީ، އޮންލައިންކޮށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން ޚިދުމަތްތައް ހޯދޭނެ ތާވަލު، މިނިސްޓްރީގެ ވެބްސައިޓްwww.trade.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޚިދުމަތްތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ އީމެއިލް ކުރުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ.
ވިޔަފާރިއާއި ގުޅުންހުރި ޚިދުމަތްތައް :
އެކްސްޕެޓް އޮންލައިން ރެޖިސްޓްރޭޝަން
ކޯޓާ
އެމްޕްލޯއިމަންޓް އެޕްރޫވަލް
ކެންސަލޭޝަން (ކޯޓާއާ ބެހޭ)
ޑިޕޮސިޓް (އެމްޕްލޮއިމަންޓް އާގުޅޭ)
އެހެނިހެން
އަށްކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން އޮފީސްތަކުން ދެމުންގެންދާ ޚިދުމަތްތައް އޮންލައިންކޮށް ދެމުންގެންދާއިރު ހަފުތާއެއް ވަންދެން ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ.