Advertisement
ކ. މާލެ
|
16 މާރޗް 2020 | ހޯމަ 19:45
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
ޔޫސުފް ސޮފްވާން ރަޝީދު
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
މަތީ ތައުލީމުގެ ބިލަށް ހިޔާލު ހޯދުމަށް ހުޅުވާލައިފި
ހިޔާލު ހުށައަޅަން ހުޅުވާލާފައިވަނީ މާޗް 15 އިން ފެށިގެން
ވަކި ބައިތަކަށްވެސް ހިޔާލު ހުށައެޅިދާނެ: މިނިސްޓްރީ
ފުރަތަމަ ކިޔުން ވަނީ އިއްވާފައި

ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ބިލަށް ހިޔާލު ހޯދުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހޯމަ ދުވަހު ހަޔަރ އެޑިއުކޭޝަނުން ކޮށްފައިވާ ބަޔާނެއްގައި އެ ބިލަށް ހިޔާލަށް ހުށައަޅަން 15 މާޗްއިން ފެށިގެން 18 މާޗްގެ 12:00 ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ، ވަކި ބައިތަކަށްވެސް ހިޔާލު ހުށަހެޅިދާނެ ކަމަށެވެ.

މަތީ ތައުލީމާއި ތަމްރީނާއި ބެހޭ ބިލުގެ މަގްސަދަކީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންތުންނަށް ލިބޭނެ ގޮތަށް ސިޔާސަތުތައް އެކަށައެޅުމާއި، މަތީ ތައުލީމު ދޭ ފަރާތްތަކަށް އަދި ދާއިރާގައި ޝާމިލުވާން ބޭނުންވާ ފަރާތްތަކަށް ގާނޫނެއްގެ ތެރެއިން މަގުފަހިވެފައި އޮތުމާއި، އަދި އެ ފަދަ ތަންތަނުން ދޭ މަތީ ތައުލީމާއި ތަމްރީނަކީ ވަކި މިންގަނޑުތަކަކަށް ގިންތި ކުރެވި ފެންވަރު ކަށަވަރު ކުރެވިފައި އޮތުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

Advertisement

އެ މިނިސްޓްރީން ދެކޭ ގޮތުގައި މަތީ ތަޢުލީމާއި ބެހޭ ބިލެއް ގާނޫނާކަށް ވެގެން އައުމުން ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވެ ފެންވަރު ރަނގަޅުވެ ވަރަށް ބޮޑުތަން ފުރިހަމަވެގެންދާނެ ކަމަށެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ، އެފަދަ ބިލެއް ފާސްވެ ގާނޫނަކަށް ވުމުގެ ނަތީޖާއަކަށް ވެގެން ދާނީ ދިވެހި ރައްޔިތުންނަށް ރާއްޖޭގައި ލިބޭ މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރާއި މެދު ކަށަވަރުކަން އުފެދި، ޔަގީންކަން އިތުރުވެގެން ދިއުން ވެގެންދާނެ ކަމަށެވެ.

މަތީ ތައުލީމުގެ ބިލަކީ 2019 ވަނަ އަހަރުގެ ފަހު ދައުރުގައި ފުރަތަމަ ކިޔުން އިއްވާފައިވާ ބިލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް