Advertisement
ކ. މާލެ
|
16 މާރޗް 2020 | ހޯމަ 18:18
އޮލިންޕަސް ހޯލް
އޮލިންޕަސް ހޯލް
ގޫގުލް
ސިނަމާ
ސިނަމާތައް ވަގުތީގޮތުން ހިންގުން ހުއްޓާލުމަށް އަންގައިފި
ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް
ފިލްމު ތިއޭޓަރުތައް ވެސް ހިންގުން ހުއްޓާލުމަށް ވަނީ އަންގާފައި

ސިނަމާތައް ވަގުތީ ގޮތުން ހިންގުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށްޓަކައި، 12 މާރިޗު 2020 ގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް މިނިސްޓަރ އޮފް ހެލްތު އިޢުލާނުކޮށްފައިވާ ކަމަށެވެ.

Advertisement

އެގޮތުން އެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުން ވަނީ ހިމެނިފައެވެ.

އޭގެއިތުރުން، އެކަމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެޗްޕީއޭއިން ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް