Advertisement
ކ. މާލެ
|
16 މާރޗް 2020 | ހޯމަ 16:07
ފުވައްމުލަކު ސިޓީ
ފުވައްމުލަކު ސިޓީ
ސޯޝަލް މީޑިއާ
އެކްސިޑެންޓް
ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ
އޭނާ މަރުވީ އާދިއްތަ ދުވަހު
އަނެއް ސައިކަލު ދުއްވަން އިނީ 18 އަހަރުނުވާ ކުޑަ ކުއްޖެއް
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ފުވައްމުލައް ސިޓީގެ ދޫޑިގަމު އަވަށުގައި ދެސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 43 އަހަރުގެ މިހާ މަރުވެއްޖެއެވެ.

މަރުވެފައި ވަނީ އެކްސިޑެންޓުވި އެއް ސައިކަލު ދުއްވަން އިން، އެރަށު ކޮތަންގެ، އުމުރުން 43 އަހަރުގެ ހަސަން އަހްމަދު ދީދީއެވެ.

މިމަހުގެ 14 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓު ހިނގީ ދެސައިކަލެއް ޖެހިގެންނެވެ. މިއެކްސިޑެންޓުގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބި، މަރުވީ އިތުރުފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ.

Advertisement

ފުލުހުން ބުނީ މިއެކްސިޑެންޓު ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ އިރުއޮއްސި 18:18 ހާއިރު ލިބިފައިވާ ކަމަށެވެ. އަނެއް ސައިކަލު ދުއްވަން އިނީ ލައިސެންސް ނެތް ކުޑަ ކުއްޖެއް ކަމަށާއި، އެކުއްޖާ ޖޫރިމަނާކޮށް ސައިކަލު ޓޯކޮށްފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް