Advertisement
ކ. މާލެ
|
16 މާރޗް 2020 | ހޯމަ 14:53
އައިލެންޑް އޭވިއޭޝަންގެ އިސްވެރިން މަޖިލީހުގެ ކޮމިޓީގައި
އައިލެންޑް އޭވިއޭޝަންގެ އިސްވެރިން މަޖިލީހުގެ ކޮމިޓީގައި
ދަ އެޑިޝަން
އައިލެންޑް އޭވިއޭޝަން
ކޮވިޑް-19: އައިލެންޑް އޭވިއޭޝަން މުވައްޒަފުން ހަފުތާއަކު ތިން ދުވަހު ވަޒީފާއަށް ނިކުންނަގޮތަށް ހަމަޖައްސައިފި
ޓިކެޓް އޮފީސް އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:30 އިން މެންދުރު ފަހު 3:30 އަށް ޚިދުމަތްދޭނެ
ކޯލްސެންޓަރު އަދި ވައިބަރ ޕްލެޓްފޯމްގެ ޚިދުމަތް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 އިން އިރުއޮއްސި 06:00 އަށް ދޭނެ

ކޮވިޑް-19 ފެތުރެމުންދާތީ އައިލެންޑް އޭވިއޭޝަންގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށްޓަކައި ހޯމަ ދުވަހުން ފެށިގެން އެކުންފުނީގެ މުއައްޒަފުން ގުރޫޕްތަކަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްވެސް ހަފުތާއަކު ތިން ދުވަހު މަސައްކަތަށް ނިކުންނަ ގޮތަށް ހަމަޖައްސައިފި އެވެ.

އެކަމާއި ގުޅިގެން އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަނެއް ދެ ދުވަހު މުއައްޒަފުން ތިބޭނީ "ސްޓޭންޑްބައި" ޑިއުޓީގައި ކަމަށެވެ. މިބަދަލާއެކު އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔާތްތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މި ބަދަލުގެންނަން ނިންމީ ކުންފުނީގެ ގިނަ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު އެތައްބަޔަކާ ބައްދަލުވެ މަސައްކަތްކުރާ ބަޔަކަށްވާއިރު އެއްވެސް ސަބަބެއް މެދުވެރިވެ، ކުންފުނީގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފުން ތަކަކަށް މަސައްކަތަށް ނުނިކުމެވޭފަދަ ޙާލަތެއް މެދުވެރިވިނަމަވެސް ރައްޔިތުންނަށް ދޭ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އިޓެކްނިކަލް މަސައްކަތެއް ކުރާ ކުންފުންޏަކީ "ސްކިލްޑް" މަސައްކަތްތެރިން ތަކެއްވެސް ގިނަ ކުންފުންޏަކަށް ވާއިރު ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ މަސައްކަތް ކުރާ މާޙައުލަކީ ރައްކާތެރި މާޙައުލެއް ކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ކަމަށްވެސް އެކުންފުނިން ބުނެއެވެ.

Advertisement

މީގެ އިތުރުން ޚިދުމަތް ދޭ ގަޑިތަކަށްވެސް ވަނީ ބަދަލުގެނެސްފަ އެވެ. އެގޮތުން ޓިކެޓް އޮފީސްއާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:30 އިން މެންދުރު ފަހު 3:30 އަށްއަދި ހުކުރު ހޮނިހިރު ދުވަސް ވަނީ ބަންދުދުވަސްތަކުގެ ގޮތުގައި ހަމަޖައްސާފަ އެވެ.

ކޯލްސެންޓަރު އަދި ވައިބަރ ޕްލެޓްފޯމްގެ ޚިދުމަތް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 އިން އިރުއޮއްސި 06:00 އަށް އަދި ހުކުރު ދުވަހު މެންދުފުރު ފަހު 2:00 އިން ރޭގަނޑު 08:00 އަށް ދިނުމަށް ވަނީ ނިންމާފަ އެވެ. އައިލަންޑް އޭވިއޭޝަނުން ދޭ ޚިދުމަތް ހުއްޓާނުލާ ދެމުން ގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް